ކުޅިވަރު

ޕައުލް ޕޮގްބާ: އަނިޔާގެ ސަބަބުން ފްރާންސްގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމާ ދުރަށް ދާން ޖެހިއްޖެ

ކަނާތު އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ފްރާންސް ވޯލްޑް ކަޕް ކޮލިފައިންގައި ކަޒަކިސްތާނާއި ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ޕައުލް ޕޮގްބާ ނުނިކުންނަގޮތަށް ހަމަޖައްސައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕޮގްބާ ހޯމަ ދުވަހުގެ ޓްރެއިނިން ސެޝަން ދޫކޮށް ޓީމުގެ ޑޮކްޓަރު ފްރޭންކް ލެ ގާލް އާއެކު ނުކުމެ ހުރި ތަން ވަނީ ފެނިފަ އެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަޒަކިސްތާނާ ދެކޮޅަށް ޕާކް ޑެސް ޕްރިންސެސްގައި އަދި ހެލްސިންކީގައި ފިންލެންޑާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި ޕައުލް ޕޮގްބާ އަށް މަޖުބޫރުވަނީ ކުރިއަށް އޮތް ދެ މެޗުން ވަކިވާން ކަމަށެވެ.

ޕޮގްބާ އަށް ޔުނައިޓެޑްގެ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ފުރުސަތު ލިބުނުއިރު، ފްރާންސްގެ ހެޑް ކޯޗު ޑިޑިއަރ ޑެޝޯމްޕްސް ބުނީ ޕޮގްބާ އަށް އަނިޔާވުމުގެ ކުރިން އޭނާގެ ޤައުމީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ލިބުމުން ޕޮގްބާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close