ޚަބަރުކުޅިވަރު

ޕެނަލްޓީގައި އާސެނަލް ބަލިކޮށް، ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި

ހަންގޭރީގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި، ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށް ޕީއެސްޖީން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތްއިރު، އާސެނަލުން މެޗުގެ 5 ވަނަ މިނިޓުގައި ކައި ހަވާޓްޒްގެ ލަނޑުން ލީޑު ނަގާފައިވަނިކޮށް، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިނީ 65 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އޮސްމާން ޑެމްބެލޭއެވެ.

މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕީއެސްޖީގެ ފަރާތުން ގޮންޒާލޯ ރާމޯސް، ޑެޒެއާ ޑުއޭ، އަޝްރަފް ހަކީމީ އަދި ލޫކަސް ބެރާލްޑޯ ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. އާސެނަލްގެ ވިކްޓަ ޔޯކެރޭޝް، ޑެކްލަން ރައިސް އަދި ގަބްރިއެލް މާޓިނެލީ ޕެނަލްޓީ ވައްދާލި ނަމަވެސް، އެބެރޭޗީ އެޒޭ އާއި ގަބްރިއެލް މަގާޅައެސް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބު ނުވުމުން އެ ޓީމު ވަނީ ބަލިވެފައެވެ. މިއީ 10 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލެއް ޕެނަލްޓީއަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ބައްޔާއެކު އާސެނަލުން ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ހޯދުމަށް ކުރާ އިންތިޒާރު ވަނީ އަނެއްކާވެސް ދިގުލައިގެން ގޮސްފައެވެ. 2006 ވަނަ އަހަރުގެ ފައިނަލުންވެސް ބަލިވި އާސެނަލަކީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެ ތަށި ނުލިބި އޮތް ހަމައެކަނި ޓީމެވެ. އަނެއްކޮޅުން ޕީއެސްޖީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތަށި ވިދިވިދިގެން ދެ ފަހަރު ހޯދައި، ތަށި ދިފާއުކުރި ތާރީޚީ 9 ވަނަ ކްލަބަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close