ފާދިއްޕޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ މަޑިވަރު އެއާޕޯޓަށެވެ.
ކުރު ދުވަހު ވަނީ މަޑިވަރު އެއާޕޯޓު ރަސްމީކޮށް ރައީސް ސޯލިހު ހުޅުވައިދެއްވާފަ އެވެ. އޭގެ ފަހުން ވަޑައިގެންނެވީ ރައީސް ސޯލިހުގެ އުފަން ރަށް ހިންނަވަރަށެވެ.
ހިންނަވަރު ދަތުރުފުޅުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުއްފިލުއްވާފައިވެ އެވެ. އަދި ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއި ބައްދަލު ކުރައްވާ އެ މުއައްސަސާތައް ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވި އެވެ.
ހޮނިހިރު ދުވަހު ވަޑައިގެންނެވީ ފެލިވަރަށާއި ނައިފަރަށެވެ. ނައިފަރުން ރައީސަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެ ދަތުރުފުޅުގައި ރައީސް ވަނީ އެ ރަށުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގެ އާ ކްލާސް ރޫމްތައް ހުޅުވައިދެއްވުމުގެ އިތުރުން އަލަށް އެޅި ހައުސިން ޔުނިޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވާފަ އެވެ.
މިއަދު ރައީސް ސޯލިހު ވަޑައިގެންނެވީ އޮޅުވެލިފުއްޓާއި ކުރެންދޫއަށެވެ. މި ދަތުރުފުޅުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުއްފިލުއްވާފައވެ އެވެ. އަދި ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއި ބައްދަލު ކުރައްވާ އެ މުއައްސަސާތައް ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެކި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

How is the COVID situation over there?