ޚަބަރު

ނުރައްކާ މިންވަރަކަށް ރާއްޖޭގެ ވައި ނުސާފުވެއްޖެ، އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ!

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިއެވެ.

މިއަދު މާލޭގެ ވައިގެ ކޮލިޓީ 111 ގައި ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އަށް ގުނަ އިތުރު އަދަދެއްކަމަސް މެޓް އޮފީހުން ބުންޏެވެ. މިކަމުގެ ސަބަބުން މާލެ ސަރަހައްދުން ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުންނަށް ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިންޒާރު ދީފައެވެ. މިހާރު ވައި ހުރި މިންގަނޑަކީ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މިންގަނޑެއްކަމަށް އެ އިދާރާއިން ބުންޏެވެ.

މި ނުރައްކާތެރި ޙާލަތުން ރައްކާތެރިވުމަށްޓަކައި، ކޮންމެހެން ނުކުންނަންޖެހޭ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނިކުންނަ އިރު އެން.95 މާސްކް ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް މި ދުންފުނީގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ފޯރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close