ލައިފްސްޓައިލް

ދިރި ފެން: ހަށިގަނޑަށް ދިރުން ގެނެސްދޭ ޖާދޫއެއް ފަދަ ބުއިމެއް!

އަޅުގަނޑުމެންގެ ބަދިގެއިން ވަރަށް އާދައިގެ ގޮތަކަށް ފެންނަން ހުންނަ “ދިރި” އަކީ ހަމައެކަނި ކާއެއްޗެހީގެ ރަހަ މީރުކޮށްލަން ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އިންތިހާއަށް ފައިދާހުރި، “ސުޕަރ ފުޑް” އެކެވެ. ހާއްސަކޮށް ހެނދުނު ހުސްބަނޑާ ދިރި ފެން ބުއިމަކީ ހަށިގަނޑަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ.

ދިރި ފެން ތައްޔާރުކުރާނީ ކިހިނެއް؟

ދިރި ފެން ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މައިގަނޑު ދެ ގޮތަކަށް މި ފެން ތައްޔާރުކުރެވިދާނެއެވެ.

  1. ރޭގަނޑު ފޯކުރުން: އެއް ތަށި ފެނަށް ސައިސަމުސަލެއްގެ ދިރި އެޅުމަށްފަހު ރޭގަނޑު ވަންދެން ބަހައްޓާށެވެ. ހެނދުނު ހޭލައިގެން ދިރިތައް ފުރޭނުމަށްފަހު އެ ފެން ބޯލާށެވެ.
  2. ކެއްކުން: އަވަހަށް ބޭނުންނަމަ، އެއް ތަށި ފެނުގެ ތެރެއަށް ސަމުސަލެއްގެ ދިރި އަޅައިގެން 5 މިނެޓު ވަންދެން ކައްކާލާށެވެ. ފެންގަނޑު ރަންކުލައަކަށް ބަދަލުވުމުން އުނދުުން މަތިން ބާލާ، ހިހޫވުމުން ބޯލާށެވެ.

ދިރި ފެނުން ލިބޭ ސިއްހީ ފައިދާތައް

  1. ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން: ބަނޑު ފޮއްސިވުމާއި، ގޭސްވުމާއި، ބަނޑުގައި ރިއްސުން ފަދަ ކަންކަމަށް ދިރި ފެނަކީ އެންމެ މޮޅު އެއް ފަރުވާއެވެ. މިއީ ހަޖަމުކުރަން އެހީވާ އެންޒައިމްތައް އުފެއްދުމަށް ބާރުއަޅައިދޭ އެއްޗެކެވެ.
  2. ބަރުދަން ލުއިކޮށްދިނުން: މެޓަބޮލިޒަމް އަވަސްކޮށްދީ، ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް ދިރި އެހީތެރިވެއެވެ. ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މިއީ “މެޖިކް” ބުއިމެކެވެ.
  3. ދިފާއީ ނިޒާމު ވަރުގަދަކުރުން: ދިރީގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި (Iron) އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވެއެވެ. މިއީ ބަލިތަކުން ދުރުކޮށްދީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ.
  4. ހަންގަނޑު ރީތިކޮށްދިނުން: ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް (Toxins) ބޭރުކޮށްދޭތީ، އޮށާޅަ ނެގުން މަދުވެ، ހަންގަނޑު އޮމާންވެފައި މޫނު އަލިކޮށްދެއެވެ.
  5. ލޭގެ ހަކުރު ކޮންޓްރޯލްކުރުން: ދިރި ފެނަކީ އިންސިއުލިން އުފެއްދުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ، ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ވަރަށް ރަނގަޅު ބުއިމެކެވެ.

ސަމާލުކަން ދޭންޖެހޭ ކަންކަމާއި ސައިޑް އިފެކްޓްސް

ކޮންމެ އެއްޗަކީވެސް މާ ގިނައިން ބޭނުންކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ކޮށްފާނެ އެއްޗެކެވެ. އެގޮތުން ދިރި ފެން ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާށެވެ:

ގުޅުންހުރި ލިޔުންތައް
  • މޭ އެންދުން: މާ ގިނައިން ދިރި ބޭނުންކުރުމަކީ މޭ އެންދުން (Heartburn) މެދުވެރިވެދާނެ ކަމެކެވެ.
  • ލޭގެ ހަކުރު މާބޮޑަށް ދަށްވުން: ހަކުރު ބައްޔަށް ބޭސްކުރާ ފަރާތްތަކުން ދިރި ފެން ބޭނުންކުރާއިރު ސަމާލުވާންޖެހޭނެއެވެ. ސަބަބަކީ ބޭހާއެކު ދިރި ބޭނުންކުރުމުން ލޭގެ ހަކުރު މާބޮޑަށް ދަށްވެދާނެތީއެވެ.
  • މާބަނޑު ދުވަސްވަރު: މާބަނޑު މީހުންނާއި ގާތުން ކިރުދޭ މައިން ދިރި ފެން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ. މާ ގިނައިން ބޭނުންކުރުމުން ބައެއް ފަހަރު ވިހެއުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
  • ފުރަމޭގެ މައްސަލަ: އާދަޔާ ހިލާފަށް ގިނައިން ދިރި ބޭނުންކުރުމަކީ ފުރަމޭ (Liver) އަށް ގެއްލުންވެދާނެ ކަމެއް ކަމަށް ބައެއް ހޯދުންތަކުން ބުނެއެވެ.


ދިރި ފެނަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ، ތައްޔާރުކޮށްލަން ފަސޭހަ ބުއިމެކެވެ. ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ދުވާލަކު އެއް ތަށި ނުވަތަ ދެ ތަށި ބުއިމެވެ. އާދައިގެ މިންވަރަކަށް ދިރި ފެން ބޭނުންކުރުމަކީ ތިޔަބޭފުޅުންގެ ދިރިއުޅުމަށް އާ ދިރުމެއް ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close