ލައިފްސްޓައިލް

ގޮތް ނޭންގޭ ބޮލެއްގައި ރިއްސަނީތަ؟ މިއޮތީ ފަރުވާ

ގޮތްނޭންގޭ ބޮލެއްގައި ރިއްސާތީ ވަރަށް ގިނަމީހުން އުޅޭތީ ފެނެއެވެ. ޑޮކްޓަރަށް ދެއްކިޔަސް ވާކަމެއް ނޯވެއެވެ. އެއްވެސް ޙައްލެއް ނުލިބި އެތައް ދުވަހަކު އެވޭނުގައި އުޅެންޖެހިދެއެވެ. އެފަދަ ފަރާތްތަކަށް މިއޮތީ ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިފައެވެ. މީގެ މާނައަކީ ޑޮކްޓަރަށް ދެއްކުން ނެތެކޭނޫނެވެ. އެހެންނަމަވެސް މިގޮތުގެމަތިން ޢަމަލުކުރުމުން ވަރަށް ގިނަބަޔަކަށް ޙައްލުލިބިފައިވެއެވެ.

އަސްލު ޙަޤީޤަތުގައި ބޮލުގައި ރިއްސުމަކީ ވަރަށް އާއްމު ކަމެކެވެ. އެއީ ކޮންމެފަހަރަކު ބައްޔަށް ނުވެދާނެއެވެ. އަދި ހަމައެހެންމެ ގިނަ ފަހަރަށް ބޮލުގައި ރިއްސަނީ ކީއްވެގެން ކަމެއް ނޭންގެއެވެ. އަދި ކޮންކަހަލަ ބޮލުގަ ރިހުމެއް ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ. އާންމު ގޮތެއްގައި ބޮލުގައި ރިއްސަނީ ލޭގެ ޕްރެޝާރމަތިވުމުން ނާއި، މައްސަރު ކަންތަކުގެ ސަބަބުންނާއި، ސައިނަސްގެ ސަބަބުންނެވެ. އަދި މައިގްރޭންގެ ސަބަބުންވެސް ބޮލުގައި ރިއްސާ މީހުން މަދެއްނުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

އެންމެ ޢާއްމުކޮށް ބޮލުގަ ރިއްސަނީ ޕްރެޝަރ މަތިވުމުންނެވެ.  އެހެންވެއްޖެނަމަ އެއްވަރަކަށް ބޮލުގެ ހުރިހާ ހިސާބަކު ރިއްސާނެއެވެ.  މިގޮތަށް ރިއްސާއިރު މައިގްރޭންގެ ސަބަބުން ރިއްސާ ވަރަށްވުރެ ލުއި ވާނެއެވެ. މިގޮތަށް ބޮލުގައި ރިއްސާއިރު ބޯ އަނބުރާ ހޮޑުލަވާނެއެވެ. އެހެންނަމަވެސް ކުރަން ހުންނަ އެހެން ކަންތައްތަކަށް ހުރަހެއް ނޭޅޭނެއެވެ. މިކަމަށް އޮތް އެނެމް ރަނގަޅު ފަރުވާއަކީ އެސްޕިރިން، އައިބިޔުރޯފިން ނުވަތަ އެސިޓަމިނޯފިން ބޭނުން ކުރުމެވެ.  

ކުރިންވެސް ދެންނެވުނު ފަދައިން ބޮލުގައި ރިއްސަނީ ކީއްވެގެންތޯ ދެނެގަންނަން އުނދަގޫވެދާނެއެވެ. ނަމަވެސް ސަބަބު ދެނެގަނެވިއްޖެނަމަ ފަރުވާކުރަންވެސް ފަސޭހަވާނެއެވެ. އެގޮތުން މައްސަރު ކަންތަކުގެ ސަބަބުން ބޮލުގައި ރިއްސާއިރު ބައެއް ފަހަރު ލޮލުން ފެންވެސް އާދެއެވެ. މިއީ މައްސަރު ކަންތައް ދިމާވުމުން ބޮލުގައި ރިއްސާ ރިއްސުމެއް ކަމަށް ބެލެވި ދާނެ ފުރުސަތު އޮންނަނީ އެހެންވެގެންނެވެ. މިކަމަކަށް ވަކި ފަރުވާ އެއް ކަނޑައެޅިފައި ނެތަސް އެސްޕިރިން ކަހަލަ އާދައިގެ ބޭހެއް ބޭނުންކޮށްލުމުން ރިހުން ކުޑަކޮށްދެއެވެ.

ދެން އޮތީ ސައިނަސް ގެ ސަބަބުން ބޮލުގައި ރިއްސާ ރިއްސުމެވެ.ސައިނަސްގެ ސަބަބުން ބޮލުގައި ރިއްސާކަން ކަށަވަރު ކުރެވިއްޖެނަމަ މިގޮތަށް ބޮލުގައި ރިއްސަނީ އިންފެކްޝަންއެއްގެ ސަބަބުންކަމުގައި ބެލިދާނެއެވެ. މިގޮތަށް ބޮލުގައި ރިއްސަން ފެށުމުން އެންޓިބަޔޮޓިކް އެއް ބޭނުންކުރުމުން ވަރަށް ގިނަމީހުންނަށް ރަނގަޅުވާނެއެވެ.

ދެން އެންމެ ގިނަމީހުން ބޮލުގައި ރިއްސާތީ އުޅެނީ ނާރުގެ މައްސަލައެއްގެ ސަބަބުން ބޮލުގައި ރިއްސާ ގޮތެކެވެ. މިގޮތަށް ބޮލުގައި ރިއްސާނަމަ މެދުނުކެނޑި 72 ގަޑިއަރު ވެސް ބޮލުގައި ރިއްސަފާނެއެވެ. މިއީ މައިގްރޭންގެ ސަބަބުން ރިއްސާ ރިއްސުމެއްކަމަށް ބެލެނެވީ މިގޮތަށް ބޮލުގައި ރިއްސުމުގެ ކުރިން ފެންނާނެ ދެ އަލާމަތަކުންނެވެ. އެއީ ކަންނެތްވެ ހޮޑުލެވި އަދި އަޑު އިވުމުން ބޮލުގެ ރިއްސުން އިތުރުވުމެވެ.  މިކަމުގެ ޙައްލަކީ އަރާމު ކުރުމެވެ. ނިދިހަމަކޮށް ތިމާ ވިސްނަން ޖެހޭ ކަންކަމުން ދުރުވުމެވެ. އޭގެ އިތުރުން އުފަމޯލް ކަހަލަ ބޭހެއް ބޭނުންކުރެވިދާނެއެވެ.

މައުލޫމާތު : ޢާއްމު ސިއްޙަތު ބްލޮގުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close