ވައިގެ އުނދަގޫ ވާނަމަ މިއޮތީ ހައްލު
ވައިގެ އުނދަގޫ ވުމަކީ ނުވަތަ “ގެސްޓްރިކް”ގެ ކަންތައްތައް ދިމާވުމަކީ މިހާރަކަށް އައިއސް ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ވަރަށް ބޮޑު ވޭނެކެވެ. އަބަދާ އަބަދު ބަނޑު ފުއްޕާގޮތްވެ ހޮޑުލެވުމާއެކު ކެއުމަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް އެކަމުގެ ސަބަބުން އާދެއެވެ. އަދި ގައިގެ އެތަން މިތާންގައި އާދަޔާ ޚިލާފަށް ރިއްސާ ތަދުއަރާގޮތްވެސް ބައެއް ފަހަރަށް ދިމާވެއެވެ.
ވައިގެ މައްސަލަ ނުވަތަ ‘ގެސްޓްރިކް’ މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ރަނގަޅަށް ކާ އެއްޗެހި ނުހަފައި ދިރުވުމެވެ. ހަމަ އެހެންމެ ހަޖަމްކުރާ ނިޒާމުގައި މައްސަލަތަކެއް ހުރުމުގެ އިތުރުން މީހާ ސްޓްރެސް ވުމުގެ ސަބަބުން ވެސް ގޭހުގެ މައްސަލަތައް ދިމާވެއެވެ.
މިފަދަ މައްސަލަތައް ދިމާވާ ފަރާތްތަކަށް އިސްބަގުލް ފެނަކީ ޙައްލެކެވެ. އަޖުމަ ބައްލަވާ ލެއްވުމަށް ތިރީގައި ދަންނަވާފައިވާ ގޮތަށް ކުރިއަށް ގެންދަވާށެވެ.
މިބުއިން ތައްޔާރުކޮށްލުމަށް ބޭނުންވާނީ:
• 3 ސައިސަމްސާ ކަޅު އިސްބަގުލް
• 2 އިންޗި ހުންނަވަރުގެ އިނގުރު ކޮޅެއް
• 5 ސައިސަމްސަލަށް ނަގާލެވޭވަރުގެ އެލޯވެރާގެ އެތެރެބައި
• ބޮޑު އެއް ލުނބޯލުގެ ހުތް
• 10 ވަރަކަށް ގަނދަކޯޅިފަތް
ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ ބޯފެން ތައްޓަކަށް ބޯފެން އެޅުމަށްފަހު 3 ސައިސަމްސާ ކަޅު އިސްބަގުލް ފެންތައްޓަށް އަޅާފައި 10 ވަރަކަށް މިނެޓް ބަހައްޓާނީއެވެ.
އެއަށްފަހު އިނގުރުކޮޅުގެ ބޭރުތޮށި މަށާލާ ،އެލޯވެރާ ފަތުގެ ބޭރުތޮށި މަށާލާލުމަށްފަހު އެތެރޭގައި ހުންނަބައި ނަގާފަ ލުނބޯލުގެ ހުތާއި ގަނދަކޯޅިފަތްކޮޅާއި އެއްކޮށް ބައިތަށި ފެން އަޅާ ރަނގަޅަށް މިކްސް ކޮށްލުމަށްފަހު ފުރާނާލާނީއެވެ.
ދެން މަޑުކޮށް ފައިހުރި އިސްބަގުލް ކޮޅާއި މިޖޫހާއި 1.5 ލީޓަރުގެ ހުސްފުޅިއަކަށް އަޅާނީއެވެ.މިއަށްފަހު ފުޅީގައި ހުސްކޮށްހުރިބަޔަށް ބޯފެންއަޅާފައި 10 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ބޭނުންކުރަންފަށާނީއެވެ.
ބޭނުންކުރާނެ ގޮތް:
• ދުވާލުގެ 3 އިރަކަށް މީގެ ޖޫސްތައްޓެއް ބޯލާނީއެވެ.
ޚާއްސަ ސަމާލުކަމަށް:
• މާބަނޑު ދުވަސްވަރު މި ޖޫސް ބޯން ރަނގަޅެއް ނޫނެވެ.
• މި ޖޫސް ރަނގަޅީ އައިސްއަލަމާރީގައި ބަހައްޓައިގެން ބުއިމެވެ.
• ތައްޔާރު ކޮށްފައިވާ މި ޖޫސް 2 ދުވަސްތެރޭގައި ހުސްކޮށްލުން ރަނގަޅެވެ.
• މި ޖޫސް ބޮމުންގެންދާއިރު ބަނޑާއި އުނަގަނޑު މަތީގައި ހޫނުފެން ހަމުން ދުވާލަކު މަދުވެގެން 1 އިރަށް 20 ވަރަކަށް މިނެޓް ހޫނުކޮށްލުން ވަރަށް މުޙިއްމުވާނެއެވެ.
ނޯޓް: މިލިޔުމަށް މަޢުލޫމާތު ނެގީ:
ސަން.އެމްވީ
ޝްބާސްހިޖާމާ.ކޮމް




Mathindhaa boatakah araafai funmaaleemaa v. Bodah luivaane.