ލައިފްސްޓައިލް

ގޭސްސްޓްރިކް ހުންނަ ބޭފުޅުންނަށް ވަރަށް ޚާއްޞަ ފަރުވާއެއް

ގޭސް ސްޓްރިކަށް ފަރުވާ ކުރުމަށް އެންމެ ރަނގަޅު ހޯމް ރެމެޑީތަކުގެ ތެރޭގައި އެންމެ ރަނގަޅު ކަމަށް މިހާތަނަށް ގިނަބަޔަކަށް ފާހަގަކުރެވުނީ ޕޮޓޭޓޯ ޖޫހެވެ. ޕޮޓޭޓޯ ޖޫސް އާދަވެގެން ބޭނުން ކުރާނަމަ ގޭހުގެ އުނދަގުލުން ފަސޭހަކަމާއެކު ސަލާމަތްވެ ތަކްލީފްތައް ވަރަށް ބޮޑަށް ކުޑަވެގެން ދެއެވެ.

ޕޮޓޭޓޯ ޖޫސް ބުއިމުގެ އިތުރުން ގެސްޓްރިކްޓިސް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ބައެއް އާދަތައްވެސް ހުރެއެވެ. އެގޮތުން ގިނައިން ފެން ބުއިމާއި، އަލްކޮހޯލް ޑްރިންކްސް، ކޮފީ، ސްޕައިސީ ސީޒަނިން، އަދި އެސިޑިކް ފުޑްސް (މިސާލަކަށް ލެމަން، އޮރެންޖް، އަދި އަންނާސް) ފަދަ ބުއިންތަކުން ދުރުހެލިވުން ހިމެނެ އެވެ.

މީގެ އިތުރުން ޑީޕް ފްރައިޑް ފުޑް އަދި ޑެއިރީ ހިމެނޭ މީރު ކާނާ ނުވަތަ ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުމުން ވެސް ދުރުހެލިވާން ޖެހެ އެވެ. ދުރުހެލިވާންވީ ކޮން ކާނާތަކެއްކަމާއި، އެކާނާތައް ކާންވީ ކޮން ވަގުތު ތަކެއްގައިކަން ދަސްކުރާށެވެ.

ކުރިންވެސް ދެންނެވި ފަދައިން ގެސްޓްރިކްޓިސް އަށް އޮތް ބޮޑު ހޯމް ރެމެޑީއަކީ ހުސްބަނޑާހުރެ ސާފު ޕޮޓޭޓޯ ޖޫސް ބުއިމެވެ. އެއީ ބަނޑުގައި އެސިޑިޓީ ދަށްކޮށްދޭތީ އެވެ. މިކަމުގެ ސަބަބުން ވޭން، އެސިޑް ރިފްލަކްސް، އަދި ކާހިތްވުން ކުޑަކޮށްދެއެވެ. ޕޮޓޭޓޯ ޖޫހަކީ އެކިއުޓް، ނާރވަސް، ނުވަތަ ކްރޮނިކް ގެސްޓްރައިޓިސް އާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ.

ބޭނުންވާ ތަކެތި.

2 ނުވަތަ 3 ފޮތި ޕޮޓޭޓޯ.

150 އެމްއެލްގެ ހޫނު ފެން.

ތައްޔާރުކުރުން

ޕީލް ކޮށް، ޕޮޓޭޓޯތައް ގްރެޓް ކޮށްލާށެވެ. ދެން އެ ޕޮޓޭޓޯތައް ތަށްޓެއްގެ ތެރެއަށް އަޅާފައި ހޫނު ފެން (ކޮފީ ހަދަން ބޭނުންވާ ގޮތަށް) އަޅާލާށެވެ. 30 ހަކަށް މިނިޓް ވަންދެން ބަހައްޓާށެވެ. ދެން އޭގެ ފަހުގައި ބޯލާށެވެ.

ޕޮޓޭޓޯ ޖޫސް ތައްޔާރު ކުރުމުގެ އަނެއް ގޮތަކީ ހުރިހާ އިންގްރީޑިއަންޓެއް ބްލެންޑްކޮށް، މިކްސްޗަރަށް އަޅާ ސްޓްރެސް ކޮށްލާށެވެ. އަދި އޭގެ ތެރެއަށް ހޫނު ފެން ފޮދެއް އެކޮށްލެވިދާނެ އެވެ. ދެން 30 މިނިޓް ފަހުން ބޯލާށެވެ.

މިގޮތަށް ކޮންމެ ދުވަހަކުވެސް ދެއިރު ބޯށެވެ. އިރާދަ ކުރެއްވިއްޔާ ގޭސްޓްރިކްގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެއެވެ.

އެއް ކޮމެންޓް

  1. އެއްޗެހި އެއްޗެހި ލިޔަން ނޭންގެންޏާ ނުލިޔުނަސް މިއަށްވުރެ މާރަނގަޅުވާނެ. އޭރުން މީހުން ވާ ވަންނާކަށް ނުޖެހޭނެނު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close