ޚަބަރުލައިފްސްޓައިލް

އަދިވެސް އިންޑިއާ ދެކެ ލޯބިވޭ: މުމްބާއީ މަގުމަތިން ޖިންސީ ފުރައްސާރައާއި ކުރިމަތިވި ކޮރެއާގެ ޔޫޓިއުބާ

“މަޔޯޗީ” ގެ ނަމުން މަޝްހޫރުވެފައިވާ ދެކުނު ކޮރެއާގެ ޔޫޓިއުބާ ހިޔޯޖިއޮންގް ޕާކް އޭނާގެ އޮންލައިން ލައިވްސްޓްރީމްގައި މުމްބާއީގެ މަގުތަކުގައި ފުރައްސާރަ ކުރި ނަމަވެސް ޓްވިޓާގައި ބުނެފައި ވަނީ އޭނާ އަދިވެސް އިންޑިއާދެކެ ވަރަށް ލޯބިވާކަމަށެވެ. “އަހަރެން އަދިވެސް އިންޑިއާ ދެކެ ލޯބިވޭ” މަޔޯޗީ ބުނެފައިވެއެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ޔޫޓިއުބާ ބުނީ މިއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ވެދާނެ ކަމެއް ކަމަށެވެ. އެހެންވީމާ، އަޅުގަނޑު ބޭނުމެއް ނޫން، މިއީ އިންޑިޔާކަމަށްވާތީ، މިކަން ހިނގިކަމަށް މީހުން ވިސްނާކަށް، ފްރޭމްކުރާކަށް. މުޅި ދަތުރުތަކުގައި ވެސް ވަރަށް ހިތްގައިމު މީހުންނާ ބައްދަލުވި އެވެ. އެކަމަކު އޭނާ ސިފަކުރީ އެއީ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައެވެ.

ނިއުސް އެޖެންސީ އޭއެންއައިއާ ވާހަކަ ދައްކަމުން ޕާކް ބުނީ މިފަދަ ގޯސް އެންމެ ހާދިސާއަކުން އޭނާގެ ދަތުރުތައް ހަލާކުކޮށްލަން ބޭނުން ނުވާ ކަމަށާއި އެހެން ގައުމުތަކަށް “ރީތި އިންޑިއާ” ބްލޭމްކޮށޤ ދެއްކުމުގެ ޝައުގުވެރިކަން އޭނާގެނުވާ ކަމަށެވެ. އަދި އެހެން ގައުމެއްގައި ވެސް އޭނާއަށް އެފަދަ ކަމެއް ދިމާވި ކަމަށާއި ނަމަވެސް ފުލުހުންނަށް ގުޅަން އެއްވެސް ކަމެއް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާގައި ވަރަށް އަވަހަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ވަރަށް ގިނަ ބަޔަކު އަހަރެންނަށް އެހީވާން މަސައްކަތް ކުރާ ކަމަށާއި އެފަދަ ދެވަނަކަމެއް ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close