ޚަބަރު

“އަންހާރު 1440” ޤުރުއާން މުބާރާތް ފަށައިފި

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ ފަރާތުން އެ އިންސްޓިޓިއުޓް ވުޖޫދުވީއްސުރެ ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ޤުރުއާން މުބާރާތް “އަންހާރު 1440” މިއަހަރު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ޝީބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގައި ހުންނަ ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައިމިއަދު ހެނދުނު 9:30 ގައި ފެށިގެން ކުރިއަށް ގެންދާ މިމުބާރާތަކީ އެ އިންސްޓިޓިއުޓްގެ 7 ވަނަ ޤުރުއާން މުބާރާތްކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވައެވެ.

މިމަހުގެ 25 ން 27 އަށް ކުރިޔަށްދާ މިމުބާރާތުގައި އެ އިންސްޓިޓިއުޓްގެ މާލޭގައި ކުރިޔަށް ގެންދާ 3 ކެމްޕަހުގެ ދަރިވަރުންގެ އިތުރުން ރަށްރަށުގައި ހުންނަ އެކެމްފަހުގެ 7 އައުޓްރީޗް ސެންޓަރުންނާއި އަދި މާލޭގައި ކުރިޔަށްދާ ބައެއް ޤުރުއާން ކުލާސްތަކުންވެސް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން  ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ތަޖްވީދްމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި،  ކީރިތި ޤުރުއާން ރައްކާތެރިކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި، އަދި ޤާރީން ނާއި، ޙާފިޡުން އުފެއްދުމަށް ބާރުއެޅުންކަމުގައި އެސެންޓަރުން ބުނެއެވެ.

މިފަހަރު މުބާރާތުގައި ތުއްތު ކުދިންގެ އިތުރުން ސެޓްފިކޭޓް ލެވެލް 1 ން ފެށިގެން އެސޯސިއޭޓް ޑިގްރީއަށް ކިޔަވާދަރިވަރުންނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

3  ދުވަހަށް ކުރިޔަށް ގެންދެވޭ މިމުބާރާތް އިންސާފުކޮށްދެވަނީ އަލްޤާރީ މޫސާ އަޙްމަދު އަދި މުޙައްމަދު އިސްމާއިލްއެވެ.

އެކިއެކި ފަރާތްތަކުގެ ސްޕޮންސަރ އާއިއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަށް ލިބޭ ތަރުހީބު އަހަރުން އަހަރަށް ރަނގަޅުވަމުންދާކަން އެ ސެންޓަރުން ފާހަނގަ ކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close