ލައިފްސްޓައިލްސިއްޙަތު

ތިޔަ ހިތަކީ އަމާނާތެއް: ހިތުގެ ދުޅަހެޔޮކަން ދަމަހައްޓާނީ ކިހިނެއް؟

ހިތުގެ ބަލިތަކަކީ މިއަދު ދުނިޔޭގައި ވެސް އަދި ދިވެހިރާއްޖޭގައި ވެސް އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބެވެ. ހިތަކީ ހަށިގަނޑުގެ އިންޖީނަށް ވާއިރު، އެ ގުނަވަނަށް ޖެހޭ ބައްޔަކީ މުޅި އިންސާނާގެ ދިރިއުޅުން ބަދަލުކޮށްލާ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި، މި ބަލިތައް އާންމުވާ ސަބަބުތަކުގެ މައްޗަށް ބަލާލާނަމެވެ.

ހިތުގެ ބަލިތައް އާންމުވާ މައިގަނޑު ސަބަބުތައް

ހިތުގެ ބަލިތައް އިތުރުވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގިނަ ކަންތައްތަކެއް މެދުވެރިވެއެވެ. އޭގެ ތެރޭގައި:

  1. ނުގަވާއިދުން ކެއުން: ތެޔޮ ގިނަ، ލޮނު ގިނަ އަދި ހަކުރު ގިނަ ކާތަކެތި ބޭނުންކުރުން.
  2. ހަރަކާތްތެރިކަން ކުޑަވުން: ކަސްރަތު ނުކުރުމާއި، ގިނަ ވަގުތު އިށީނދެގެން ތިބުން.
  3. ދުންފަތުގެ އިސްތިއުމާލުކުރުން: މިއީ ހިތުގެ ނާރުތައް ހަނިވެ، ބެދުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.
  4. ނަފްސާނީ ބުރަ (ސްޓްރެސް): މާބޮޑަށް ފިކުރުބޮޑުވުމަކީ ލޭގެ ޕްރެޝަރު މަތިކޮށް ހިތަށް ބާރުބޮޑުވާ ކަމެކެވެ.
  5. ބަލިތަކަށް ފަރުވާނުކުރުން: ލޭމަތިވުން، ހަކުރު ބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމަށް ފަރުވާ ނުކޮށް ގިނަދުވަސްވުން.

ހިތުގެ ބަލިތަކުން ސަލާމަތްވާން ކުރަންވީ ކަންކަން

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ:

  • ސިއްހަތަށް ފައިދާހުރި ކާނާ އިޚްތިޔާރުކުރުން: މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި، ރެޑްމީޓް ( ނުކައްކާ ހުންނަ އެއްގަމު މަސް )ގެ ބަދަލުގައި މަހާއި ކުކުޅު ބޭނުންކުރުން. އަދި ޕްރޮސެސްޑް ފުޑް (ދަޅުކާނާ، ސޮސެޖް ފަދަ ތަކެތި) މަދުކުރުން.
  • ގަވާއިދުން ކަސްރަތުކުރުން: ދުވާލަކު މަދުވެގެން 30 މިނެޓު ހަލުވިކޮށް ހިނގާލުން ނުވަތަ އެހެން ކަސްރަތެއްގައި ބައިވެރިވުން.
  • ދުންފަތާ ދުރުވުން: ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މުޅިން ހުއްޓާލުން.
  • ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން: ހަށިގަނޑުގެ އިސްކޮޅާ ގުޅޭ ބަރުދަނެއްގައި ހުރުމަކީ ހިތަށް ލިބޭ ލުޔެކެވެ.
  • ނިދި ހަމަކުރުން: ކޮންމެ ރެއަކު 7-8 ގަޑިއިރުގެ އަރާމު ނިދި ހޯދުން.
  • ޗެކަޕް ހެދުން: ގަވާއިދުން ލޭގެ ޕްރެޝަރާއި ހަކުރު އަދި ކޮލެސްޓްރޯލް ހުރި މިންވަރު ބަލަމުން ގެންދިއުން.

މިކަންކަން ކުރުމުން ލިބޭނެ ނަތީޖާ

ދިރިއުޅުމަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމުން:

  • ހިތުގެ ހުއްޓުން (ހާޓް އެޓޭކް) ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
  • ހަށިގަނޑުގެ ހަކަތަ އިތުރުވެ، ދުވަހުގެ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެއެވެ.
  • ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މިންވަރު މަދުވާނެއެވެ.
  • ނަފްސާނީ ގޮތުން ހަމަޖެހުން ލިބި، އުމުރު ދިގުވުމަށް މަގުފަހިވާނެއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކަށް ނަޒަރެއް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު:

  • ދިވެހިރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީގައިން ގަޔަށް ނާރާ ބަލިތަކުން (NCDs) މަރުވާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކެވެ.
  • ދިވެހި އާބާދީގެ ބޮޑު ބަޔަކީ ލޭމަތިވުމާއި، ހަކުރު ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ބައެކެވެ.
  • ޒުވާން އުމުރުގައި ހިތުގެ ބަލިތައް ޖެހޭ މިންވަރު ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގައި ވަނީ އިތުރުވެފައެވެ.


ހިތުގެ ބައްޔަކީ ކުއްލިއަކަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެއީ އަހަރެމެންގެ އާދަކާދަތަކުގެ ސަބަބުން މަޑުމަޑުން އުފެދޭ ބައްޔެކެވެ. އެހެންކަމުން، މިއަދުން މިއަދަށް ދުޅަހެޔޮ އާދަތަކަށް ރުޖޫޢަވެ، ތިމާގެ ހިތް ރައްކާތެރިކުރުމަކީ އުފާވެރި މުސްތަގުބަލަކަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close