ދުނިޔޭގެ އެންމެ މުއްސަނދި 5 ބިލިއަނަރުން
2021 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބިމުގައި 2755 ބިލިއަނަރުން އެބަތިބި ކަމަށް ރިޕޯޓްތައް ބުނާއިރު، ޖުމްލަ ނެޓް ވޯތު 13.1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ފައިސާގެ ތެރެއިން ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ނިސްބަތަކީ 1153 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 8.8% އެވެ. މިއީ ބިލިއަނަރުންގެ ގާތްގަނޑަކަށް 0.36% ތަމްސީލުކުރާ މީހުން ކަމަށް ވިސްނާލާއިރު މިއީ ހައިރާންކުރުވަނިވި ކަމެކެވެ.
- ޖެފް ބެޒޯސް

ޖެފް ބެޒޯސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދިމީހާއެވެ. އަދި އޭނާއަކީ ދުނިޔޭގެ އެންމެ ބޮޑު ރީޓެއިލަރ އަދި ބްލޫ އޮރިޖިން ކުންފުނި އެމޭޒަން ގެ ފައުންޑަރ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި 177 ބިލިއަން ޑޮލަރުގެ ނެޓް ވޯތް ހުރި އިރު، އޭނާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ.
- އީލޮން މަސްކް

އީލޮން މަސްކް އަކީ މިވަގުތު ހުރި ދުނިޔޭގެ ދެވަނަ މުއްސަނދި މީހާއެވެ. އޭނާއަކީ މަޝްހޫރު ޓެސްލާގެ ސީއީއޯ އަދި ކޯ ފައުންޑަރ؛ ސީއީއޯ، ޗީފް ޑިޒައިނަރ، އަދި ސްޕޭސް އެކްސް ގެ ފައުންޑަރ؛ ނިއުނިއުނިއު އަދި ބޯރިންގް ކުންފުނީގެ ފައުންޑަރ. އޭނާގެ އަންދާޒާ ނެޓް ވޯތު 151 ބިލިއަން ޑޮލަރަށް އަރަ އެވެ.
- ބާނާޑް އާރނޯލްޓް

ބާނާޑް އާރނޯލްޓް އަކީ ދުނިޔޭގެ އެންމެ ބޮޑު ލަގްޒަރީ ގުޑްސް ވިޔަފާރި ކަމަށްވާ އެލްވީއެމްއެޗްގެ ޗެއަރ އަދި ސީއީއޯގެ އިތުރުން އެކުންފުނީގެ ހޯލްޑިންގ ކުންފުނި ކްރިސްޓިއަން ޑިއޯރ އެސްއީގެ ޗެއަރއެވެ. އޭނާ މިވަނީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުން މިވަގުތު 3 ވަނަ ހޯދާފައެވެ. އޭނާގެ އަންދާޒާ ނެޓް ވޯތު 150 ބިލިއަން ޑޮލަރަށް އަރަ އެވެ.
- ބިލް ގޭޓްސް

ބިލްގޭޓްސް އަކީ ދުނިޔޭގެ ހަތަރުވަނަ މުއްސަނދި މީހާއެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއާ ކުންފުނި މައިކްރޯސޮފްޓްގެ ކޯ ފައުންޑާ އަދި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ކޯ ޗެއާ އެވެ. އޭނާގެ އަންދާޒާ ނެޓް ވޯތު 124 ބިލިއަން ޑޮލަރަށް އަރަ އެވެ.
- މާކް ޒަކަބަރގް

މާކް ޒަކަބަރގް އަކީ ދުނިޔޭ ފަސްވަނައަށް އެންމެ މުއްސަނދި މީހާއަށް ވާއިރު އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކިން ސާވިސް ފޭސްބުކްގެ ސީއީއޯ، ޗެއާ އަދި ކޯ ފައުންޑާގެ އިތުރުން ޗަން ޒަކަބަރގް އިނީޝިއޭޓިވްގެ ކޯ-ސީއީއޯ އަދި ކޯ ފައުންޑަރެވެ. އޭނާގެ އަންދާޒާ ނެޓް ވޯތު 97 ބިލިއަން ޑޮލަރަށް އަރަ އެވެ.
ނޯޓް : މިއީ ސެޕްޓެމްބަރ 2021 ގައި ޕަބްލިޝްކޮށްފައިވާ ފޯބްސް ބިލިއަނަރ ލިސްޓުން ނަގާފައިވާ މައުލޫމާތު ތަކެކެވެ.


