ލައިފްސްޓައިލް

އީ ސިގިރެޓް ވިއްކުން އެންމެފުރަތަމަ މަނާކުރި ސިޓީއަކަށް ސެން ފްރެންސިސްކޯ

ގިނަބައެއްގެ ތެރޭގައި މަޤުބޫލު ޚާއްޞަކޮށް ޒުވާނުން އެއެއްޗަކަށް ދެވި ހިފަމުންދާ އީ ސިގިރެޓް ވިއްކުން މަނާކުރި އެމެރިކާގެ އެންމެފުރަތަމަ ސިޓީއަކަށް ސެން ފްރެންސިސްކޯ ވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ނިއުސް ޗެނެލެއްކަމަށްވާ ބުލޫމްބަރގް އާއި ޙަވާލާދީ ޑިޖިޓަލް ޓްރެންޑްސް ގައި ލިޔެފައިވާ ރިޕޯޓެއްގައިބުނެފައިވަނީ ސެންފްރެންސިސްކޯ ގެ ސިޓީކައުންސިލުންވަނީ އެ ސިޓީގައި އީސިގިރެޓް ވިއްކުން މަނާކުރާ ޤާނުނެއް މިދިޔަ އަންގާރަދުވަހު އެކަށައަޅާ އެޤާނޫނު ފާސްކޮށް އެ ޤާނޫނުގައި ސިޓީގެ މޭޔަރ ސޮއިކުރުމަށް ފޮނުވާފައެވެ.

މި ޤާނޫނު ބުނާގޮތުން އޮންލައިންކޮށްވިޔަސް އަދި ފިހާރައިގައި ބަހައްޓައިގެން ވިޔަސް ސެންފްރެންސިސްކޯގައި އީ ސިގިރޭޓް ވިއްކުން އެއީ ޤާނޫނީ ކުށެކެވެ.

ދުނިޔޭގެ މަޝްހޫރު ސިގިރެޓް އުފައްދާ ކުންފުންޏެއްކަމަށްވާ ޖުލް ނިސްބަތްވާ ސެންފްރެންސިސްކޯގެ ސިޓީ ކައުންސިލުން އީ ސިގިރޭޓްގެ ވިޔަފާރި މަނާކުރި ނަމަވެސް އެސިޓީގައި އާއްމުކޮށް މިގެންގުޅޭ ސިގިރޭޓާއި،ޕާޓީތަކާޢި، އުފާފާޅުކުރުންތަކުގައި ބޭނުންކުރާ އާދައިގެ މެރިޖުއާނާގެ ބާވަތްތައް މަނައެއް ނުކުރެއެވެ.

އަންދާޒާ ކުރާގޮތުގައި އަހަރަކު 3.4 ބިލިއަން ޑޮލަރު ހަމައެކަނި ދުންފަތުގެ ބާވަތްތަކުން  ސެންފްރެންސިސްކޯއަށް ފައިދާ ވަމުންދާއިރު އެ ސިޓީން މި ނިންމި ނިންމުން ވިޔަފާރިވެރިންނާއި، ޢާއްމުން ބަލައިގަންނާނީ ކިހާމިންވަރަކަށް ކަމެއް ނޭންގެއެވެ.

އީ ސިގިރެޓަކީ ރާއްޖޭގައިވެސް ޒުވާނުންގެ މެދުގައި މިހާރަކަށް އައިސް އާންމު ވަމުން އަންނަ އެއްޗެކެވެ. ގިނަ މީހުން، އީ ސިގިރެޓު ބޭނުން ކުރަނީ ދުންފަތުގެ އެހެން ބާވަތްތަކުން ހަށިގަނޑަށް ގެއްލުން ލިބޭތީއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މިއިން ގެއްލުމެއް ލިބުނަސް، އެލިބޭ ގެއްލުން ކުޑައެވެ.

އީ ސިގިރެޓް އިސްތިހާރު ކުރަނީ އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ރައްކާތެރި، އަދި އާދައިގެ ސިގިރެޓު ބުއިން ހުއްޓުވޭނެ ގޮތެއް ކަމުގައި ކިޔައިގެންނެވެ. އެހެން ނަމަވެސް ސިއްޚީ އެކި ޖަމާއަތްތަކުން ފާހަގަ ކުރާ ގޮތުގައި އީ ސިގިރެޓަކީ ޒުވާން ފުރައިގެ ކުދިން ނިކޮޓިންއަށް ދެވި ހިފުވާ، އޭގެ ސަބަބުން އާދައިގެ ސިގިރެޓު ބުއިމަށްވެސް ހުޅުވާލެވޭ ދޮރެކެވެ.

photo credit: flikr

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close