ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފު އެ މަގާމުން ވަކިކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި ގއ. އަތޮޅުން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފު އެ މަގާމުން ވަކިކޮށްފި އެވެ.


ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި، ފިޔަވަޅު އެޅުމަށް ފުލުހުން ގއ. އަތޮޅުގައި އިއްޔެ ކުރިއަށް ގެންދިޔަ “އޮަޕަރޭޝަން އަލިމަގު”ގައި ގއ. ވިލިނގިލިން ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެ މީހުންގެ ތެރެއިން އަހުމަދު އަނާމް އިބްރާހިމަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. ރައީސް އޮފީހުން ވަނީ އޭނާ މިއަދު އެ މަގާމުން ވަކިކޮށްފައިވާކަން ޔަގީންކޮށްދީފަ އެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހުންގެ ތެރެއިން ޝައްފާހު ލަތީފަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރީ:

ގއ. ވިލިނގިލި މިޔުޒިކީގޭ، އަހުމަދު މަދީހް
ގއ. ވިލިނގިލި އަރާއިރުގޭ، ނޫރުއްނިޒާމް
ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ނޫރުއްނިޒާމު ބަންދުކުރީ 15 ދުވަހަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close