ޚަބަރު

ނިމާލުގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި، ފަރުވާދެމުންދާ އިރު، ހާލަތަށް މާބޮޑު ކުރިއެރުމެއް ނުލިބި މިހާރުވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކް ޖެހުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ނިމާލްގެ ހާލަތާ ގުޅޭގޮތުން އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭނާ މިހާރު އޮތީ ކޯމާއެއްގެ ހާލަތުގައި ކަމަށް ބެލެވޭއިރު، ހާލަތަށް މާބޮޑު ބަދަލެއް ނައިސް ވެންޓިލޭޓަރުގައި ފަރުވާ ކުރިއަށްދާ ކަމަށް އާއިލާގެ ގާތް ފަރާތްތަކުން ބުނެއެވެ.

ނިމާލަކީ ދިވެހި ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީ، ގައުމީ އިނާމުވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ. އޭނާގެ އާއިލާއިން ވަނީ މި ދަނޑިވަޅުގައި ނިމާލަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close