ލަންދޫ ކުރީގެ އަންހެނުންގެ މިސްކިތް ކޮންފަރެންސް ހޯލަކަށް ބަދަލުކުރަނީ
ނ.ލަންދޫގައި އަންހެނުންގެ މިސްކިތެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ މިސްކިތް “މަސްޖިދުލްނޫރު” ކޮންފަރެންސް ހޯލަކަށް ބަދަލުކުރުމަށް ނިންމާ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
އިއްޔެ އެރަށު ކައުންސިލްގެ ފަރާތުން ކުރި އިޢުލާނުގައިވާގޮތުން އެ ޢިމާރާތުގެ އިރުމަތީކޮޅު ފާރު ތަޅާލައި، ފެންޑާ ރޫޅާލައި، ފާރުގަނޑުތައްވެސް ތަޅާލުމަށްފަހު، ޢިމާރާތަށް ބައެއް އިތުރުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
އެ އިޢުލާނުގައިވާގޮތުން އެއީ އެ ފިޔަވަހީގެ ފުރަތަމަ މަސައްކަތްކަމަށާއި އެ މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކުން 27 ފެބުރުވަރީ 2019 ވަނަ ދުވަހު ލަންދޫ ކައުންސިލް ޢިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 މާރިޗު 2019 ވަނަ ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ.