ކުޅިވަރު

އެސްޓަން ވިލާ ބަލިކޮށް އާސެނަލުން ތާވަލުގެ ކުރީގައި ލީޑު ފުޅާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެސްޓަން ވިލާ 4-1 ގެ ނަތީޖާއަކުން ބަލިކޮށް، އާސެނަލުން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ދެވަނަ ހާފުގައި އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގެބްރިއެލް މަގަލައެސް އާއި މާޓިން ޒުބަމެންޑީގެ އިތުރުން ލިއަންޑްރޯ ޓްރޮސާޑް އަދި ގެބްރިއެލް ޖީސުސްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ކުޅުނުއިރު އެސްޓަން ވިލާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސްއެވެ.

މި މޮޅާއެކު އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ 45 ޕޮއިންޓާއެކުގައެވެ. އާސެނަލްއަށްވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. މި ނަތީޖާއާއެކު ލީގު ތަށި ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close