ޚަބަރު

ދުނިޔޭގެ އެންމެ ގިނަ ފޮލޯވަރުން ތިބި ލީޑަރަކަށް ނަރެންދްރަ މޯދީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ފޮލޯވަރުން ތިބި ލީޑަރު ކަމަށް ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އެލޮން މަސްކް ވަނީ ހާމަކޮށްފައެވެ.

މި ކާމިޔާބީ ހޯއްދެވި ކަމަށްޓަކައި އެކްސްގެ ފައުންޑަރ އަދި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް ވަނީ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔާފައެވެ.

އެލޮން މަސްކް އޭނާގެ އަމިއްލަ ޕްލެޓްފޯމް އެކްސްގައި ކުރި މިޕޯސްޓާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔާފައެވެ. މީގެ ތެރޭގައި އިންޑިއާގެ ގިނަ ސިޔާސީ ލީޑަރުންނާއި މަޝްހޫރު ޝަޚްޞިއްޔަތުން ހިމެނެއެވެ.

ބޮޑުވަޒީރު މޯދީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިލިއަނުން ފޮލޯވަރުން ތިބިކަން ފާހަގަކުރެވެއެވެ. މިގޮތުން ޓްވިޓަރގައި 100 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާއި، ފޭސްބުކްގައި 49 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބިކަން ފާހަގަކުރެވެއެވެ.

މި ކާމިޔާބީއަކީ އިންޑިއާގެ ޑިޖިޓަލް ޑިޕްލޮމަސީގެ ކުރިއެރުމެއްގެ ގޮތުގައި ބެލެވޭއިރު، މޯދީގެ ބައިނަލްއަޤްވާމީ މަޤްބޫލުކަން އިތުރުވެގެންދާކަން މީގެން ދައްކުވައިދެއެވެ. އަދި މިއީ އިންޑިއާގެ ސޮފްޓް ޕަވަރ އިތުރުވެގެންދާކަމުގެ ހެއްކެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close