ނ. ހެނބަދޫ މީހަކު ގެއްލިގެން ހޯދަނީ
ނ. ހެނބަދޫ ޒުވާނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އިޢުލާން ކޮށްފިއެވެ. މިމައްސަލަ ހުށައަޅާފައިވަނީ ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) އެވެ.
ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމުގައި ޕޮލިހުން ބުނެއެވެ.

Kobaa henbadhoo council
Mees meehunge namuga thi comment kurany maa gaddaa wefa huttakas aharumennakah salhi kameh noon bro maithiri wegen hureweytho balaabeya thihen kanthah koh meehunge dhemedhuga onna gulhun kanduwaalewunyma ae dhen varah salhi kamakah viyas thi thii kaleymenge ewws gotheh nehkan….