ހޮލީވުޑްކުޅިވަރު

ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑަށް ލަދުވެތި ނިމުމެއް

ޗެމްޕިއަން ލީގުގައި ވާދަކުރި އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޓް ޔޫރަޕުގެ އެއް ވެސް މުބާރާތަކުން ފުރުސަތު ނުލިބި ލަދުވެތި ގޮތަކަށް  ޗެމްޕިއަންސް ލީގުން ކަޓައިގެން ހިނގަންޖެއެވެ.

ރޭ އޯލްޑް ޓްރަފޯޑްގައި ބެޔާން މިޔުނިކް އަތުން ބަލިވެ، ޔުނައިޓެޑް ދިޔައީ ގުރޫޕް އޭ ފުލަށެވެ. އެ ގުރޫޕްގައި ޔުނައިޓެޑަށް ވުރެ މަތިން ނިންމި އަނެއް ދެ ޓީމަކީ ކްލަބްގެ ވެލިއު އާއި ކުޅުންތެރިންނަށް ބަލާއިރު އެ ކްލަބަށް ވުރެ ފަހަތުގައި އޮތް ޓީމުތަކެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓާ ޓީމުތަކުގެ ތެރެއިން، ގުރޫޕްގެ ތިންވަނަ ހޯދާ ޓީމަށް ޔޫރޮޕާ ލީގުގެ އަނެއް ބުރުން ޖާގަ ލިބޭނެ އެވެ

ޗެމްޕިއަން ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ހިމެނޭ ގުރޫޕްގެ ދެވަނަ ހޯދީ ޑެންމާކުގެ ކޯޕެންހޭގަން އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ތުރުކީގެ ގަލަތަސަރާއީ އެވެ.

ޗެމްޕިއަންސް ލީގުން ލަދުވެތި ގޮތަކަށް މެންޗެސްޓާރ ޔުނައިޓެޑު ކަޓައިގެން ދިޔައިރު އިންގުލިޝް ޕްރިމިއަރ ލީގުގެ ތާވަލުގައި މި ވަގުތަށް އެޓީމު އޮތީ 6 ވަނާގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close