ޚަބަރުކުޅިވަރު

ތާވަލުގެ 1 ވަނައަށް އަރަން ލިބުނު ފުރުޞަތު ޓޮޓެންހަމް އިން ނަގާލައިފި

އިންގުލިސް ޕްރިމިއާ ލީގު ތާވަލު 2 ވަނަގައިވާ  ޓޮޓެންހަމް ހޮޓްސްޕާ އިން ރޭގައި ކުޅެވުނު މެޗުން މޮޅުވެގެން 1 ވަނައަށް އަރަށް ލިބުނު ފުރުޞަތު އެޓީމުން ގެއްލުވާލައިފިއެވެ.

ރޭ ކުޅެވުނު މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެފައިވަނީ ވުލްވްސް އާއި ބައްދަލުކޮށް 2-1 ން ނެވެ. ރޭގެ މި މެޗުން އެޓީމު މޮޅުވިނަމަ  އިންގުލިސް ޕްރިމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް ވުރެ 2 ޕޮއިންޓު ކުރިއަށް ވަގުތީގޮތުން ޖެހިލެވުނީހެވެ.

ރޭގެ މެޗާއި ހިސާބަށް އިންގުލިސް ޕްރިމިއާ ލީގު ލީގުގެ އެއްވަނައިގައި އޮތް ސިޓީ އަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ދެވަނައިގައި އޮތީ 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެވެ. ތިނެއްގައި ލިވަޕޫލް އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. އާސެނަލަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.

ރޭގެ މެޗުތަކަށްފަހު ޓޮޓެންހަމް ހޮޓްސްޕާސްއަށް ވަނީ ލީގުގެ ދެވަނަވެސް ގެއްލި 3 ވަނައަށް ވެއްޓިފައެވެ. އެއީ ރޭ އާސަނަލަށް ކުޅުނު މެޗުން މޮޅުވެ އެޓީމަށް 27 ޕޮއިންޓް ލިބުމާއި ގުޅިގެންނެވެ.

ރޭގެ މެޗަށް ޓޮޓެންހަމް އިން ނިކުމެފައިވަނީ އަނިޔާ އާޢި ސަސްޕެންޝަންގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. ރޭގެ މެޗުގައި ޓޯޓެންހަމުގެ ގޯލަކީ މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުގެ ބްރެނާން ޖޯންސަން ކާމިޔާބުކޮށްދިން ގޯލެކެވެ. ވުލްވްސް އެޓީމުގެ ކޮޅަށް މެޗުގެ ނަތީޖާ އަބުރާލީ މެޗުނިމެން ރެފުރީ ދެއްކި އިތުރުވަގުތު ކޮޅުގެ ތެރޭގައެވެ.

ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާޢިރު ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލޫޓަން ބަލިކޮށްފައެވެ. އަދި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމު އަތުން އެވަޓަން ވަނީ 2-3 ން މޮޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close