ޚަބަރު

މީހަކު ކޮށްފާނެ މަލާމާތާކާއި ގޮވާފާނެ އެއްޗެއްސަށް އެއްވެސް ހާސްކަމެއް އަދި ކަންބޮޑުވުމެއްވެސް ނެތް: ގާސިމް

މީހަކު ކޮށްފާނެ މަލާމާތާއި ގޮވާ އެއްޗެއްސަށް އެއްވެސް ހާސްކަމެއް އަދި ކަންބޮޑުވުމެއްވެސް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި އދ.ހަންޏާމީދޫއަށް މިއަދު ހެނދުނު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، މީހުންނަށް މަލާމަތްކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހިނގާކަމެއްކަަމށާއި، “މޭވާ ނާޅާ ގަހަކަށް ގަޅީއެއް ނޫކާނެ” ކަމަށެވެ. އެކަމުން މިސާލު ޖައްސަވަމުން ޤާސިމް ވިދާޅުވީ އަނބު ގަހެއްގައި އަނބުނާޅާ ހުސް ފަތް ހުރެއްޖެނަމަ އެ ގަހަކަށް އާންމުންގެ މާބޮޑު ސަމާލުކަމެއްވެސް ނުހުންނާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މޭވާނެތް ގަހަކަށް ގަޅިއެއް ނޫކާނެ. އެހެންވީމަ އަޅުގަނޑަށް މަލާމާތްކުރަނީ ސަބަބުތަކެއް ހުރީމަ. ސަބަބަކީ އެބޭފުޅުން ބިރުގަންނާތީ ޖެހިލުންވާތީ.

– ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުން ނޫނީ ސިޔާސީ ދާއިރާއަށް ނުވަތަ އިޖްތިމާޢީ ރޮގުންކަމަށްވިޔަސް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރައްވާނެކަމަށެވެ. އަދި އެއިން ކޮންމެ ރަށަކުންވެސް އެމަނިކުފާނަށް އިންތިޚާބުގައި މެޖޯރިޓީ ލިބިވަޑައިގަންނަވާނެކަމަށް ޝައްކު ނުކުރައްވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ޤައުމަށް އެންމެ ރަނގަޅު އަމާނާތްތެރިކަމާއި އޯގާތެރިކަމާއެކު ޚިދުމަތްކޮށްދެއްވާނެ މީހަކާމެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. އެމީހަކީ ޤާސިމްކަމަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްހޭގެ ދަރަނި ބޮޑުވެ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީވެސް ރައްޔިތުން ވިސްނަންޖެހޭކަމެއްކަމަށެވެ. އަދި ކާބަފައިން ގެނެސްދިން އިސްލާމްދީނާ މިނިވަނކަން އެގޮތުގައި ދެމެހެއްޓޭނީވެސް ކޮން ބޭފުޅަކަށްކަން ވިސްނުމަށް ޤާސިމް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އަޅުގަނޑަކީ އިސްލާހަށް މަސައްކަތްކުރާ މީހެއްކަމަށް. ވޯޓު ދެއްވާއިރު ރައްތިތުން ވިސްނަންޖެހޭ އެމީހެއްގެ ޓްރެކް ރިކޯޑަށް. މާޒީއާ ކޮށްދިން ކަންކަމަށް. އެންމެ ރަނގަޅު މީހަކަށް ވޯޓު ލާންޖެހޭނީ.

– ޤާސިމް ވިދާޅުވިއެވެ

ޤާސިމް ވިދާޅުވީ އަބަދުވެސް އިދިކޮޅުގައި އޮންނަ ޕާޓީން އެމަނިކުފާނަށް އެއްޗެހި ކިޔާ ހަދާކަމަށެވެ. އަދި ސަރުކާރު ގެނައުމަށް މަސައްކަތްކުރިނަމަވެސް ސަރުކާރު ޕާޓީ މީހުންވެސް ފަހުން އެއްޗެހި ގޮވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީންވެސް އަންނަނީ ޤާސިމަށް ވަރަށް ބޮޑަށް މި ކެމްޕެއިންގައި ފާޑުކިޔަމުންނެވެ. މީގެއިތުރުން ޤާސިމް ދައްކވާފައިވާ ވާހަކަފުޅުތަކަށް “ހަޖޫޖަހައި” ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދެއެވެ.

އެއް ކޮމެންޓް

  1. އަލީވަހީދު ނިހާން އިލްހާމްވރިޔާޒްމެން ގާސިމް ޅޮސް އުދޯއްޔަށް ލައިގެން ތިޔަ ދެނީ ހާދަ ބޮޑު ލަނޑެކެވެ. ގައުމުގެ ފަޅެއް ވިއްކާލައިގެން ކެމްޕޭން ކުރަމުންދާއިރު ކައިރީގައި ތިބެގެން ތިޔަދަނީ ޖީބު ފުރަމުންނެވެ. ދުރަށް ޖެހިލައި އިރަށް ތިޔަ ތިބެނީ ހީލަހީލަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close