ގުރޫޕަކުން ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދިނުން ސީޕީ ކުށްވެރި ކުރައްވައިފި

ގުރޫޕަކުން، ހުޅުމާލޭގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ހަމަލާ ދިން މައްސަލަ ކުށްވެރި ކުރައްވައި އެ ފުލުސްމީހާގެ ހިތްވަރުގަދަ ކަމަށްޓަކައި ސީޕީ ހަމީދު ތައުރީފް ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާއަށް ހަމަލާ ދިން ގުރޫޕުގައި 6 ވަރަކަށް މީހުން ހިމެނެއެވެ. އަދި ހަމަލާދިން މީހުން ހަމަލާ ދިނުމަށް ފިލަން މަސައްކަތް ކުރި ނަމަވެސް ހަމަލާދިން ގުރޫޕުގައި ހިމެނޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މިހަމަލާގައި ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ލިބިފައި ނުވާއިރު، މިހަމަލާއާއި ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތްވަރުގަދަ، ނުގުޑާފަދަ ޢަޒުމެއްގައި ޝްމަނުންނާ ކުރިމަތިލެއްވި ފުލުސްމީހާ ސާބަސްވިދާޅުވާ ކަމަށެވެ.
