ޚަބަރު

ގައުމީދިފާއި ބާރުން މަސައްކަތް ކުރައްވަނީ، އިންކުއައިރީއަށް ހުރަސް އަޅަން – އިންތި

ގައުމީދިފާއީ ބާރުން މަސައްކަތް ކުރައްވަނީ، 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ހުރަސް އަޅުއްވަން ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިންތި މިމޭރުމުން ޓްވީޓް ކުރެއްވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށި ވެގެން އައި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއައިރީގެ ބޭނުމަށް ވަކި ވަކި ސިފައިން ހާޒިރު ކުރުމަށް އެމްއެންޑީއެފްގައި، 241 ކޮމިޓީން އޮތީ އެދުމުން ވަކި ވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމާއި، އެ ކޮމިޓީއަށް ޖަވާބުދާރީ ކުރެވޭނީ މުއައްސަސާ ކަމަށް ބުނެ 241 ކޮމިޓީއަށް ލިޔުމެއް ފޮނުވުމުންނެވެ.

އެމްއެންޑީއެފުން އެކަމާއި ގުޅޭ ގޮތުން އާއްމުކުރި ބަޔާން ރީޓްވީޓް ކުރައްވައި އިންތި ވިދާޅުވީ، “މިއީ މަޖިލީހުގެ އިންކުއައިރީ އަށް ހުރަސް” އެޅުން ކަމަށެވެ.

އޮންލައިން ނޫސް “ވަގުތު” އާ ހިއްސާ ކުރައްވަމުން އިންތި ވިދާޅުވިކަމަށް އެނޫހުގައިވަނީ ހަމައެކަނި ގާނޫނު އަސާސީސީ ގައި އެ ކޮމިޓީއެއްގެ ނަން އައިސްފައިވާ ކޮމިޓީއަކީ 241 ކޮމިޓީ ކަމަށްވާއިރު ކޮމިޓީގެ ގާނޫނީ ބާރާކީ ސަލާމަތީ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން ކަމަށެވެ.

ނަމަވެސް އިންކުއައިރީއެއް ހިންގަމުން އަންނައިރު ވަކި ވަކިން ބަޔަކު ހާޒިރުވާން އެންގުމުން ހާޒިރުވުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަށް ދެކޮޅެއް ނެހެދޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

”އިންކުއައިރީއަކަށް މައުލޫމާތު ހޯދަން ވަކި މީހަކު ގާތުގައި ދެންނެވުމުން، އިންކުއަރީގެ ބޭނުމަށްޓަކައި ގާނޫނީ ގޮތުން ލާޒިމު ކަމެއް ކޮމިޓީ އަށް ހާޒިރުވުމަކީ. އެކަމަކަށް ދެކޮޅެއް ނެހެދޭނެ” އިންތި ވިދާޅުވިއެވެ.

އެއީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close