ޚަބަރު

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖަލުތައް ފާސްކުރަނީ

ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ 6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން އެ ސަރވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަންސުން ހާމަކޮށްފައެއްނުވެއެވެ. އަދި ފުލުހުންވެސް މިކަމާއި ގުޅިގެން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު، އަދި އެއަށްފަހު ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ފެށި އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ފަރުވާ ޖަރުމަނުގައި ކުރިއަށްދާއިރު އިއްޔެވެސް އެމަނިކުފާނުގެ ފައިގެ ސާޖަރީއެއް ހަދާފައެވެ.

އެމަނިކުފާނަށް ރާއްޖެވަޑައިގެންނެވޭނެ ދުވަހެއް އަދި އެއްވެސް ރަސްމީފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close