ޚަބަރު

ފުވައްމުލަކު ކާރު އެކްސިޑެންޓްގައި ނިޔާވި މުތީޢު އަކީ މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނެއް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ކާރު ތެރޭ ތާށިވި 2 ޒުވާނުންވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާއިރު މި އެކްސިޑެންޓްގައި ނިޔާވި އަޙުމަދު މުތީޢު އަބްދުލްހަކީމަކީ މީގެކުރިންވެސް ފުވައްމުލަކު ރިންގް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކެވެ. ފުވައްމުލަކުން މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި އެފަހަރު އެނާ ސަލާމަތްވީ އުއްމީދު ކަނޑާލާފައިވަނިކޮށް މާލެ ގެނެސް އޭޑީކޭގައި ފަރުވާދިނުމަށް ފަހުއެވެ.

މިއަދު ހިނގި އެކްސިޑެންޓާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ދެ ޒުވާނުންވެސް ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ފުވައްމުލަކު ފުނާޑު ކެތްރީ އުމުރުން 25 އަހަރުގެ އަޙުމަދު މުތީޢު އަބްދުލްހަކީމާއި ދޫޑިގަން މެހެންދޫ އުމުރުން 19 އަހަރުގެ އަލީ އާމިރު އަޙުމަދުއެވެ.

މި ދެޒުވާނުންވެސް ހޮސްޕިޓަލަށް ގެނައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި 19 އަހަރުގެ އަލީ އާމިރު މަރުވީ 5:04 ގައިކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި އަޙުމަދު މުތީޢު މަރުވެފައިވަނީ އޭގެވެސް ކުރިންކަމަށްވެސް ހޮސްޕިޓަކުން ބުނެއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ކާރު ދުއްވާފައި ދަނިކޮށް ގަހެއްގައި ޖެހިގެންނެވެ.

މި ދެޒުވާނުންވެސް ކާރުން ނެރެން ޖެހުނީ ގްރޭންޑަރުން ކާރުގެ ބައެއް ބައިތައް ކީހާލައިގެންނެވެ. ކާރަކީ މައްޗަށް ދޮރު ހުޅުވޭ ކާރަކަށްވުމުން ގަހުގައި ޖެހުނުގޮތަށް ކާރުގެ ދެ ދޮރުފަތްވެސް ބަނޑިވެ ހަލާކުވެފައިވާކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close