ޚަބަރު

ސަރުކާރުގެ ބޭނުމަކީ ކޮންމެގޮތަކުންވެސް ރައީސް ޔާމީނަށް އަނިޔާ ކުރުން: އަދުރޭ

ސަރުކާރުގެ ހުރިހާވެސް ބޭނުމަކީ އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ވެސް ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ މި ސަރުކާރުގެ ހުރިހާވެސް ބޭނުމަކީ އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ވެސް ރައީސް ޔާމީނަށް އަނިޔާ ކުރުމަށެވެ.

އެކަމުގެ ޝަކުވާ އެކި އެކި މުއައްސަސާތަކުގައި ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ މައްސަލަ ބަލާނެ އެއްވެސް ވުޒާރާއެއް މި ރާއްޖޭގައި ނެތް ކަމަށެވެ.

މިކަން މިހެންއޮއްވައި އެމްއެމްޕީއާރްސީގެ ޚިޔާނާތް ކޮށްފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ އަނބުރާގެންދަން ސަރުކާރުން ނިންމުމަކީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށެވެ. ނަމަވެސް މި މައްސަލަގައި ދައުލަތުގެ ވަކީލުން އެކަމާ ހިތްހަމަ ނުޖެހިގެން މަސައްކަތް ކުރެއްވުމުން ގާނޫނީ ވަކީލުގެ ޓީމް ބަދަލުކޮށްފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ފެހި ގާނޫނު އަސާސީގައި ބުނާގޮތުން މިނިވަން ޖުޑީޝަރީއަކީ ސަރުކާރުން އަންގާ ކަންކަމަށް ތަބާނުވެ މިނިވަންކަމާއެކު ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ ގާނޫނު އަރާ ހަމަކުރާނެ ކަމަށް އަދުރޭ ވަނީ ޕީޖީ ޝަމީމަށް އަދުރޭ ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close