ޚަބަރު

މިއަދުވެސް 129 މީހުން ޕޮޒިޓިވްވެއްޖެ

މިއަދުވެސް ކޮވިޑް-19އަށް ރާއްޖެއިން 129 މީހުން ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 93 ދިވެހިން ހިމެނެއެވެ. މިއާއެކު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިވަނީ 2178އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 127 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

 

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 4293 އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ 8 މީހަކާއި، ސްރީލަންކާގެ 4 މީހަކާއި، އިންޑޮނޭޝިއާގެ މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި 82208 ސާމްޕަލްއެއް ވަނީ ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި 1013 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close