ބޭރުދުނިޔެ

ބުރުގާ ނާޅާ އުޅޭ އަންހެނުން ދެނެގަތުމަށް އީރާނުގެ މަގުތަކުގައި ކެމެރާ ހަރުކޮށްފި

އީރާނުން އާންމު ތަންތަނުގައި ކެމެރާ ހަރުކޮށް، ބުރުގާ ނާޅާ އުޅޭ އަންހެނުން ދެނެގަނެ، އަދަބު ދޭނެ ކަމަށް އިންޒާރު ދީފިއެވެ.

މަޖުބޫރު ހިޖާބު ގާނޫނު ތަންފީޒު ކުރުމަށް އަޅާ އާ ފިޔަވަޅެއްގެ ގޮތުން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުރުގާ ނާޅާ އުޅޭ އަންހެނުން ދެނެގަނެ އަދަބު ދިނުމަށް އާންމު ތަންތަނާއި މަގުތަކުގައި ސްމާޓް ކެމެރާ ބޭނުންކުރާނެ ކަމަށް ކުރިންވެސް އިއުލާންކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ހެދުން އެޅުމުގެ އުސޫލާ ޚިލާފުވެގެން އުޅޭ އަންހެނުންނަށް އެމީހުންގެ އަމަލުތަކުގެ ނަތީޖާއާ ބެހޭ ގޮތުން އިންޒާރުދޭ ޓެކްސްޓް މެސެޖުތައް ލިބޭނެ އެވެ.

އީރާނުން މިފިޔަވަޅު އަޅާފައި މިވަނީ މިދިޔަ އަހަރު ހިޖާބު ގަވާއިދަށް ގޮންޖަހާ އީރާނުގެ އަންހެނުންގެ ދެކޮޅުވެރިކަމުގެ އަޑުތައް ގަދަވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ހައްޔަރުކުރުމާއި، އީރާނު ސަރުކާރުން މިފިޔަވަޅު އެޅި ނަމަވެސް، މުޅި އީރާނުގެ އެކި މާހައުލުތަކުގައި ބުރުގާ ނާޅާ އުޅޭ ގިނަ އަންހެނުން ވަނީ ފެނިއި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ބައެއް މީހުން ވަނީ އަޚްލާޤީ ފުލުހުންނާ ދިމާވި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އިސްލާމްދީނުގައި އަންހެނުން ނިވާވެ ތިބުމަށް އަންގަވާފައިވާ ހަދީސްފުޅުތަކާއި، އަމުރު ފުޅުތަކަށް އީރާނުގެ ސަރުކާރުން ޢަމަލު ކުރުމަށް ހަރުކަށި އަމުރުތައް ނެރެމުން ދިޔަނަމަވެސް ބައެއް އަންހެނުން ބުނަނީ އެއީ އެމީހުންގެ މިނިވަންކަމާއި ޙައްޤުތަކާ ޚިލާފު އަމުރުތަކެއް ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close