ބޭރުދުނިޔެ

އެމެރިކާގެ ތެޔޮ ޓޭންކަރަކަށް އަނެއްކާވެސް ޙޫޘީން ހަމަލާތަކެއް ދީފި

އެމެރިކާގެ ތެޔޮ ޓޭންކަރަކަށާއި އެމެރިކާގެ އެހެން އުޅަނދަކަށް އަނެއްކާވެސް ޙޫޘީން ހަމަލާތަކެއް ދީފިއެވެ.

ހޫތީން އާދީއްތަ ދުވަހު ބުނީ ގަލްފް އޮފް އެޑެންގައި ހުރި އެމެރިކާގެ ތެޔޮ ޓޭންކަރަކާއި ރަތް ކަނޑުގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ.

ޔަމަނުގެ ހޫތީ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓެލެގްރާމް މެދުވެރިކޮށް މިކަން އިއުލާން ކުރެއްވި ނަމަވެސް އެ ހަމަލާތަކުގެ ނަތީޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ “ޕޮލިޓިކޯ” ބުނާގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ގިނަ ހަމަލާތަކެއް ދޭއިރުވެސް ހޫޘީން ބަލިނުކުރެވޭތީއާއި ރަތްކަނޑާއި ބާބުލްމަންދަބު އަދި އަދަން ކަނޑުއޮޅި ހުރަސްކުރީ އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތުގެ އާގުބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އެމެރިކާގެ އަސްކަރިއްޔާ ނުކުޅެދިފައިވާތީ އެމެރިކާގެ އެތެރޭގައި މި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލާއި އެމެރިކާގެ ދިފާއީ ވުޒާރާއާއި ވައިޓް ހައުސްގެ އިސްވެރިން މިދިޔަ ހަފުތާގައި ބައްދަލުކުރައްވައި އެ ބޭފުޅުން ވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާގެ އަސްކަރިއްޔާ ނުކުޅެދިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު އެމެރިކާއާއި އިނގިރޭސި ވިލާތުން އިއްޔެ ވަނީ މިސައިލާއި ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން ޔަމަނަށް އިއްޔެ އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއް ބުނާގޮތުން ޔަމަނުގެ 18 އަމާޒަކަށް އިއްޔެ ވަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ރަތްކަނޑުގައި ޙޫޘީންގެ ހަމަލާތައް ވަރުގަދަ ކޮށްފައި މިވަނީ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއި ގުޅިގެން ޣައްޒާއިން ގިނަޢަދަދެއްގެ ޢާއްމުން ޝަހީދުވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close