ނަޝީދު ވަކިކުރުމަށްވޯޓު ހޯދާ ނަމަ، ރައީސް ސޯލިހު ވަކިކުރުމަށް ޓަކައި މަސައްކަތް ފަށާނަން: އާޒިމް
ރައީސް ނަޝީދު ވަކިކުރުމަށްވޯޓު ހޯދާ ނަމަ، ރައީސް ސޯލިހު ވަކިކުރުމަށް ޓަކައި މަސައްކަތް ފަށާނެކަމުގެ އިންޒާރު އާޒިމް ދެއްވައިފިއެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ، ރަައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން ފަށާނެ ކަމަށެވެ.
އަލީ އާޒިމްގެ އެ ޓްވީޓަށް ބާރުދީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެގޮތަށް މަޖިލިސް ރައީސް ވަކިކުރަން ނުކެރޭނެ ކަމަށެވެ.
އާޒިމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނިކޮށެވެ.



