ދަބަސް ތެރެއިން ތިން ކިލޯ ޑްރަގް ފެނުނު މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ދަބަސް ތެރެއިން ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހދ. ނޭކުރަންދޫ ފިރިހެނަކާއި، މާލޭ މީހަކަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އުމުރުން 20 އަހަރުގެ އެ ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
މި މައްސަލައިގެ ތަފްސީލްގައި ބުނެފައި ވަނީ، މި ދެ މީހުންނާއި އިތުރު މީހުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ އިންޓަލިޖެންސް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އަދި ބަލާ ފާސް ކުރުވުނު ތަން ކުއްޔަށް ހިފުމަށް ނޭކުރަންދޫ މީހާ ފައިސާ ދައްކާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މަސްތުވާތަކެތި ހުރި ދަބަސް ހިފައިގެން ދެ މީހުންވެސް މަގުމަތިން ދާ ތަން ސީސީޓީވީ ފޫޓޭޖްތަކުން ފެނިފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.
ފުލުުހުން ބުނެފައިވާގޮތުގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ތިން ކިލޯގްރާމް ހުންނާނެ އެވެ. އެކަމަކު އަދި ދާއިމީ ނަތީޖާ ބެލި ތަހުލީލު ކުރެވިފައި ނުވާ ކަމަށް ބުނެފައެވެ.
ރާއްޖޭގައި ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ދާ މައްސަލަ ވަނީ ވަރަށް ބޮޑު ވެފައެވެ.


