ޚަބަރު

ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެމަނިކުފާނުގެ ކުރު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާފައިވީ ނަމަވެސް، އެ ދަތުރުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.

ރައީސް ސޯލިހު ވަނީ އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

އެގޮތުން ރައީސް ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close