ބޭރުދުނިޔެ

ޓީވީ ބަތަލާ ތުނީޝާ ޝަރުމާ އަމިއްލައަށް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ތުނީޝާ ޝަރުމާ އަމިއްލައަށް މަރުވެއްޖެކަމަށް އިންޑިއާގެ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓްކޮސްފިއެވެ.

މި ހިތާމަވެރި ހަބަރަކާ އެކު އިންޑިއާގެ ޓީވީ އިންޑަސްޓްރީ މިހާރު ނުތަނަވަސް ކަމެއްގެ ތެރޭގައި ވާއިރު، އަލީ ބާބާގެ މަސައްކަތް ކުރަމުން ދިޔަ ޓީވީ ބަތަލާ ތުނީޝާ ޝަރުމާ މަރުވީ މުމްބާއީގައި ބޭއްވި ޝޯއަކަށް ތައްޔާރުވުމުގެ ތެރޭގައި ކަމަށް ވެއެވެ. މަރުވިއިރު އޭނާގެ އުމުރަކީ އެންމެ 20 އަހަރު ކަމަށާއި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު 21 އަހަރު ފުރޭނެ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.


ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަމިއްލައަށް މަރުވީ ކަރީނާ ޝޫޓް ކުރަމުން ދިޔައީ އޭނާގެ ޓީވީ ޝޯ “އަލީ ބާބާ: ދަސްތާން-އޭ-ކާބުލް” ގެ ޝޫޓިންގެ ތެރޭގައެވެ.


އިބްތިދާއީ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވެފައި އޮށްވާ ފެނުނީ ނައިގައޯންގެ މޭކަޕް ރޫމްގަ އެވެ. ތުނީޝާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ފުލުހުން މިހާރު ވަނީ ޝޯގެ ސެޓަށް ގޮސް އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުރީ އޭނާގެ ކޯ ސްޓާރު ޝީޒާން މުހައްމަދު ޚާންގެ މޭކަޕް ރޫމްގަ އެވެ.


ޝީޒާން އެނބުރި އައިއިރު ކޮޓަރި ތަޅުލާފައި ހުރިތަން ފެނުނެވެ. ތަކުރާރުކޮށް ގުޅައިގެން ވެސް ތޫނީޝާ ދޮރު ނުހުޅުވުމުން އެ ދޮރު ވައްޓައިލައިގެން ގޮސް ބަތަލާ އަވަސް އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭނާގެ ފުރާނަ ސަލާމަތް ކުރެވޭގޮތެއް ނުވިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

***************************************************

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close