ބޭރުދުނިޔެ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްއަށް ވަޑައިގެންފި

ސީއެންއެން – އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްއަށް ވަޑައިގެންފިއެވެ. ޒެލެންސްކީއަށް މަރުހަބާ ދެންނެވީ ބައިޑަން އާއި ފަސްޓް ލޭޑީ ޖިލް ބައިޑަން އެވެ.

ދެ ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހަނގުރާމަ ފެށުނު ފަހުން ޒެލެންސްކީ ޔޫކްރެއިންއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޔޫކްރެއިންގެ ރައީސް އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވިއިރު، ރަޝިއާގެ ރައީސް ވުލަޑިމިއަރ ޕޫޓިންވަނީ އެދަތުރު ފުޅަކީ ބަލައިގަނެވޭނެ ދަތުރުފުޅެއް ނޫންކަމަށް ވިދާޅުވެއިންޒާރު ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close