ބޭރުދުނިޔެ

ރަޝިޔާއިން ޔޫކްރެއިންގައި ބޭނުންކުރީ ހައިޕަސޮނިކް މިސައިލްތަކެއް: ރަޝިއާ ދިފާއީ ވުޒާރާ

ދިފާއީ ވުޒާރާއިން ބުނީ ރަޝިޔާއިން ޔޫކްރެއިންގައި ހުކުރު ދުވަހު ފުރަތަމަ ފަހަރަށް އެގައުމުގެ އެންމެ އާ ކިންޒާލް ހައިޕަސޮނިކް މިސައިލް ބޭނުންކުރީ އެގައުމުގެ ހުޅަނގުގައި ހަތިޔާރު ރައްކާކުރާ ސައިޓެއް ހަލާކުކޮށްލުމަށް ކަމަށެވެ.

ހަނގުރާމައިގައި ހައި-ޕްރިސިޝަން ހަތިޔާރު ބޭނުންކުރި ކަމަށް ރަޝިޔާއިން މީގެ ކުރިން ދުވަހަކުވެސް އިއުތިރާފުވެފައި ނުވާ ކަމަށާއި، ހުޅަނގު ޔޫކްރެއިންއަށް ތާއީދުކުރާ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ކިންޒާލް ހައިޕަސޮނިކް ހަތިޔާރު އެންމެ ފުރަތަމަ ބޭނުންކުރި ކަމަށް އެގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީ އާރްއައިއޭ ނޮވޮސްޓީއިން ވަނީ ބުނެފައެވެ.

“ހައިޕަސޮނިކް އެއިރޯ ބެލިސްޓިކް މިސައިލް ތައް ހުންނަ ކިންޒާލް އޭވިއޭޝަން މިސައިލް ސިސްޓަމުން އިވާނޯ-ފްރޭންކިވްސްކް ސަރަހައްދުގެ ޑެލިއަޓީން ނަމަކަށް ކިޔާ ވިލެޖުގައި ހުރި މިސައިލްތަކާއި އޭވިއޭޝަން ގޮވާތަކެތި ހިމެނޭ ބޮޑު ބިމު އަޑީގެ ގުދަނެއް ހަލާކުކޮށްލީ” ރަޝިޔާގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައި ވެއެވެ.

ދިފާއީ ވުޒާރާގެ ތަރުޖަމާނަކު އޭއެފްޕީއާ ވާހަކަ ދެއްކި ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފަ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ކިންޒާލް (ހަންޖަރ) މިސައިލަކީ އަޑުގެ ސްޕީޑަށް ވުރެ 10 ގުނަ ބާރު މިނުގައި އުދުހޭ އަދި ވައިގެ ދިފާއީ ނިޒާމުތަކުން އަރައިގަނެވޭނެ ފަދަ “އައިޑިއަލް ހަތިޔާރެއް” ކަމަށް ވިދާޅުވެފައެވެ.

2018 ވަނަ އަހަރު ގައުމާ މުހާތަބު ކުރައްވާ ޕުޓިން ދެއްވި ތަގުރީރުގައި ހާމަކުރެއްވީ ކިންޒާލް މިސައިލަކީ އާ ހަތިޔާރުގެ ތެރޭގައި ހިމެނޭ މިސައިލެއް ކަމަށެވެ.

ފަރުބަދަތަކުގެ ފާލަންމަތީގައި އޮންނަ ވިލެޖެއް ކަމަށްވާ ރީތި ކަރްޕަތިއަން ޑެލިއަޓީން އޮންނަނީ އިވާނޯ-ފްރޭންކިވްސްކް ސިޓީގެ ބޭރުގައެވެ.

އިވާނޯ-ފްރޭންކިވްސްކް ސަރަހައްދަކީ ނޭޓޯގެ މެމްބަރު ރޫމޭނިއާއާ 50 ކިލޯމީޓަރު (30 މޭލު) ދިގު ބޯޑަރެއް ހިއްސާކުރާ ސަރަހައްދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close