ތިރީސް މިލިއަން ޑޮލަރުގެ މެތު އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ދާގާޑިއަން- ތްރީޑީ ޕްރިންޓަރުތަކުގެ ތެރެއަށްއަޅައިގެން 30 މިލިއަން ޑޮލަރުގެ މެތު އެތެރެކުރަން ރޭވި ދެ މީހަކު އޮސްޓްރޭލިޔާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ދާ ގާޑިއަން އިން ރިޕޯޓްކުރާ ގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރާއި 36 އަހަރުގެ މީހުންނެވެ. މި ދެ މީހުންނަކީ ބައިނަލްއަގްވާމީ ކުށުގެ ރެކޯޑް އޮންނަ ނެޓްވޯކެއްގެ އިސް މެމްބަރުންތަކެއް ކަމަށް ތުހުމަތު ކުރެވެއެވެ.
އޭއެފްޕީ (އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް) އާއި އެފްބީއައި އިން އޮޕަރޭޝަން އަޔަންސައިޑްގެ ނަމުގައި ސްޓިންގް އޮޕަރޭޝަނެއް ހިންގިއިރު، އެނޯމް އެންކްރިޕްޓް ކޮމިއުނިކޭޝަންސް ޕްލެޓްފޯމް މެދުވެރިކޮށް ޕޯސްޓްކުރި ހުރިހާ މެސެޖެއް 2018 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި އިންޓަސެޕްޓް ކުރިއެވެ. 2020 ވަނަ އަހަރު އޮސްޓްރޭލިއާއަށް 30 އަށް ވުރެ ގިނަ މެތަމްފެޓަމިން އެތެރެކޮށްފައިވެއެވެ.

އެއަށްފަހު އޮސްޓްރޭލިއާގެ ކްރިމިނަލް އިންޓެލިޖެންސް ކޮމިޝަން (އޭސީއައިސީ) އާ ގުޅިގެން އޭއެފްޕީން ވަނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އަގުހުރި 30 ކިލޯގެ މެތު އޮސްޓްރޭލިއާއަށް އެތެރެ ކުރުމުގެ ރޭވުން 3ޑީ ޕްރިންޓަރުތަކުގެ ތެރެއިން ފަޅާ އަރވާލާފައެވެ.
އެ އިދާރާތަކުން ވަނީ އެމެރިކާގައި މަސްތުވާތަކެތި އޮސްޓްރޭލިއާއަށް ދިއުމުގެ ކުރިން އިންޓަސެޕްޓްކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ޖުލައި މަހުގެ ފަހުކޮޅު ނިއު ޓައިޕޭ ސިޓީގައި ޓައިވާންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯއިން ހައްޔަރުކޮށްފައިވާއިރު އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހު ޓާއޯޔުއަން ސިޓީންނެވެ. ދެމީހުންގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ ކެޓަގަރީ 2 ގެ މަސްތުވާތަކެތި ގަވާއިދާ ހިލާފަށް ގެންދިއުމުގެ ދައުވާ ކަމަށާއި ކުށް ސާބިތުވެއްޖެ ނަމަ ޓައިވާންގައި އުމުރަށް ޖަލަށްލުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހުން ނަގާފައިވާ ތަސްވީރުތަކުން ދައްކާ ގޮތުގައި މިހާރު ވިއްކުން ހުއްޓާލާފައިވާ ފްލެޝްފޯޖް ކްރިއޭޓަރ 3 އަކީ ސްމާގްލަރުން އިޚްތިޔާރުކުރި ކޮންޓެއިނަރެވެ. އިންޑަސްޓްރިއަލް ގްރޭޑްގެ 3ޑީ ޕްރިންޓަރުގައި ދޮރެއް ހުންނައިރު، އޭގެ ބޮޑުމިނަކީ 627 x 485 x 615 އެމްއެމް ކަމަށާއި، މިއީ އެ ޕްރިންޓަރު ހޮވި ސަބަބު ހާމަކޮށްދޭ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި 52 ކިލޯ (114 ޕައުންޑް) ގެ ބަރުދަނުގައި ވެސް ހުންނަ ކަމުން 30 ކިލޯގެ މެތު ފެތުރިގެން ދިޔައީ ގިނަ ޕްރިންޓަރުތަކެއްގެ ތެރޭގައި ކަމަށް ބެލެވޭނެ އެވެ.
3ޑީ ޕްރިންޓަރު، ލެޕްޓޮޕް ފަދަ ޢާއްމު ނޫން ނަމަވެސް، މިބާވަތުގެ ތަކެތި ގިނަ ފަހަރަށް ބޭނުން ކުރަނީ ގަވާއިދާ ހިލާފު ތަކެތި ފޮރުވުމަށް ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ހާމަކުރިއެވެ.

ގިނަ ސްމާގްލިން ވާހަކަތަކުގައި އާދަޔާ ހިލާފު ގޮތްތަކެއް ބޭނުންކޮށްގެން ހަށިގަނޑުގައި ކޮމްޕޯނެންޓްތައް ޖައްސާ ވާހަކަ ދައްކާއިރު، ދާދި ފަހުން ޗައިނާއަށް ވަންނަން އުޅުނު އަންހެނަކު ޖުމްލަ ގާތްގަނޑަކަށް 100،000 ޑޮލަރުގެ އަގުހުރި 200،000 އައިފޯން ފޭކް މާބަނޑު، އާޓިފިޝަލް ބަނޑެއްގެ ތެރޭގައި ފޮރުވިފައިގެން އެތެރެ ކުރަން އުޅެނެވެ.
އަދި ކަސްޓަމްސް މެދުވެރިކޮށް 160 ސީޕީޔޫ އާއި 16 ފޯލްޑިން ފޯނު ސްމާގްލް ކުރަން އުޅުނު މީހަކާއި ފުލުހުން އަތުލައިގެންފައިވެއެވެ.

