ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އާއްމު އުސޫލުގެ ދަށުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ މާލެ އާއި ހުޅުމާލެ އިން ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހަތަރު އަންހެނަކާއި 8 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close