ޕުޓިން އާއި ބައިޑަން އަށް ގުޅަން ޕޯޕްގެ ކިބައިން އެދިވަޑައިގެންނެވި: މެކްރޮން
ޔޫކްރޭނުގައި ސުލްހަ ގާއިމް ކުރުމަށް ރަޝިޔާ އާއި އެމެރިކާގެ އިސް ސެކިއުލަރ އަދި ދީނީ އޮފިޝަލުންނާ ގުޅުމަށް ޕޯޕް ފްރާންސިސްގެ ކިބައިން އާދޭސް ކުރެއްވި ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވައިފި އެވެ.
“އަޅުގަނޑު ޕޯޕް ފްރާންސިސްއަށް ހިތްވަރު ދިނީ [ރައީސް] ވްލަޑިމިއާ ޕޫޓިން އާއި [ރަޝިޔާގެ އޯތޮޑޮކްސް ޗާޗުގެ ވެރިޔާ] މޮސްކޯގެ ޕެޓްރިއާކް ކިރިލް އަށް ގުޅުއްވުމަށް، އަދި [އެމެރިކާގެ ރައީސް] ޖޯ ބައިޑަން އަށްވެސް ގުޅުއްވުމަށް،” އަންގާރަ ދުވަހު ޝާއިއުކުރި ލިޔުމުގައި ލެ ޕޮއިންޓަށް ފްރާންސްގެ ރައީސް ވިދާޅުވި އެވެ.
“ޔޫކްރެއިންގައި ސުލްހައިގެ މަރުހަލާ ކުރިއެރުވުމަށް އެމެރިކާ މޭޒުދޮށުގައި އިށީނދެލަން ބޭނުންވޭ،” މެކްރޮން ވިދާޅުވި އެވެ. “ޖޯ ބައިޑަން އަކީ ޕޯޕްއަށް އިތުބާރުކުރާ ހަގީގީ ގުޅުމެއް އޮންނަ މީހެއް. އެމެރިކާ އާއި ޔޫކްރޭންގެ ވެރިން ޕޯޕްގެ ބަސް އަހާނެ.” ބައިޑަން އަކީ މަޝްހޫރު ކެތޮލިކް ދީނުގެ ބޭފުޅެއް. ޖޯން އެފް ކެނެޑީއަށް ފަހު ކްރިސްޓިއަން ދީނަށް ތަބާވެވަޑައިގެންނެވި އެމެރިކާގެ ދެވަނަ ރައީސް ބައިޑަން އަކީ. ފްރާންސްގެ ރައީސް ވިދާޅުވިއެވެ.
ކްރެމްލިން އިން އެ ޚިޔާލަށް މަރުހަބާ ކިޔާފައިވާއިރު، ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިޔާއިން ގަބޫލުކުރި ގޮތުގައި މެކްރޮންގެ އަމާޒަކީ ޔޫކްރޭނުގައި ކުރިމަތިވެފައިވާ ދަތިކަމަށް ” ހައްލެއް ހޯދުން” ކަމަށް ރަޝިޔާއިން ގަބޫލުކުރި ކަމަށެވެ.
“އެހެން ބުނި ނަމަވެސް، އެ ވާހަކަތަކުގައި އެއްވެސް މީހަކު [ޔޫކްރޭންގެ] ރައީސް [ވްލަޑިމިއާ] ޒެލެންސްކީއަށް ގުޅައި، މިހާރު ރަޝިޔާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުން މަނާކޮށްފައިވާ ގާނޫނީ ނިޒާމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ،” އޭނާ އިތުރަށް ވިދާޅުވި އެވެ.
ހުކުރު ދުވަހު މެކްރޮން ވަނީ ލޭއި ޖަމިއްޔާއެއް ކަމަށްވާ އިޓަލީގެ ކެތޮލިކް ކޮމިއުނިޓީ އޮފް ސަންޓް އެޖިޑިއޯ އިން އިންތިޒާމްކުރި ސަމިޓެއްގައި ރޯމްގައި ތަގުރީރު ކުރައްވާފަ އެވެ. ފްރާންސްގެ ލީޑަރު ވަނީ ކިއެވްގެ ޝަރުތުތަކާ އެއްގޮތަށް ޔޫކްރޭނުގައި ސުލްހަ ގާއިމް ކުރުމަށް ގޮވާލައްވާފައެވެ.
ޒެލެންސްކީ އާއި ޔޫކްރޭންގެ އެހެން މަތީ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ މޮސްކޯއާ އެކު މަޝްވަރާ ނުކުރާނެ ކަމަށާއި ރަޝިޔާ ބަލިކޮށް ކިއެވްގެ އިސްތިގުލާލުގެ ދަށުގައި އޮތް ކަމަށް ކިއެވް ދެކޭ ހުރިހާ ބިންތަކެއް އަނބުރާ ހޯދުން ކަމެއް ބޭނުން ނުވާ ކަމަށެވެ.
މިދިޔަ މަހު ކައުންސިލުން ވަނީ ޕޫޓިން އެގައުމުގެ ރައީސްކަމުގައި ހުންނަވާހާ ހިނދަކު ރަޝިޔާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުން މަނާކޮށްފައި ކަމަށާއި ޒެލެންސްކީ ވަނީ އަމުރެއްގެ ދަށުން އެ ނިންމުން އެންޑޯސްކޮށްފަ އެވެ.



