ބޭރުދުނިޔެ

ރަޝިއާއިން ދަނީ މުޅި ޔޫކްރެއިން ސުންނާފަތި ކުރަމުން: ޚާރިޖީ ވަޒީރު ޑިމިޓްރޯ

ރަޝިޔާއިން ދަނީ އެކި ދިމަދިމާއިން ފުރިހަމަ އަށް ހަމަލާ ދެމުން ކަމަށާއި އެމީހުންގެ އަމާޒަކީ ހަމައެކަނި އިރުމަތީ ޔޫކްރެއިން ނޫންކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

“ނޫން، މިއީ ހަމައެކަނި ޔޫކްރެއިންގެ އިރުމަތީގައި ރަޝިއާގެ އިންގިލާބެއް ނޫން، މިއީ އެކި ދިމަދިމާއިން ފުލް ސްކޭލް ހަމަލާއެއް،” ޓްވިޓާގައި ކުލޭބާ ވިދާޅުވި އެވެ.

އާރްއައިއޭ ނިއުސް އޭޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާއާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަށް ވެސް މިނިސްޓަރު ވަނީ އެ ގައުމުގެ އެކުވެރި ގައުމުތަކަށް ގޮވާލައްވާފަ އެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު އިތުރަށް ބުނެފައިވަނީ، އިރުމަތީ ޔޫކްރެއިންގައި މޮސްކޯގެ ތާއީދާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ފައުޖުތައް ކުރިއަރަމުން އަންނަ ކަމަށާއި، ކްރެމްލިންއިން އެގައުމަށް ހަމަލާދޭން ފެށުމާ ގުޅިގެން އެސަރަހައްދުގެ ކޮންޓްރޯލް އެމީހުން ހޯދާފައިވާ ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު އިގޯރ ކޮނަޝެންކޯވް ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑޮނޭޓްސްކް ޕީޕަލްސް ރިޕަބްލިކްގެ ފައުޖުތަކަށް “ތިން ކިލޯމީޓަރު” (1.8 މޭލު) ގެ ސަރަހައްދެއް އަދި ލުގާންސްކް ޕީޕަލްސް ރިޕަބްލިކްގެ ފައުޖުތައް “ކުރިއަރައިގެން ދިޔައީ ދޮޅު ކިލޯމީޓަރަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަޝިއާގައި “ހައި ޕްރިސިޝަން ހަތިޔާރު” ހުރި ކަމަށާއި ޔޫކްރެއިންގެ އާންމުންނަށްވެސް ވަނީ  ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

ކޮނަޝެންކޯވް ވިދާޅުވީ ރަޝިޔާއިން ވާގިވެރިވާ އިދިކޮޅު ހަނގުރާމަވެރިންގެ ފައުޖުތައް “މިހާރު ދަނީ ހަނގުރާމަކޮށް އަނިޔާ ކުރަމުން…ޔުކްރެއިންގެ ރައްޔިތުންނަށް ގެއްލުންދެމުން.”އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އަރައިގަތްތާ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ޔޫކްރެއިންގެ 40 އަށް ވުރެ ގިނަ ސިފައިންނާއި 10 ވަރަކަށް އާންމުން މަރުވި ކަމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އިސް އެހީތެރިޔަކު ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

“އަޅުގަނޑަށް އެނގޭ 40 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ޑަޒަނެއް ގެ ޒަހަމްތައް ލިބިފައިވާކަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 10 ވަރަކަށް މަދަނީ ގެއްލުމުގެ މައުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި،” ރިޔާސީ ސަރުކާރުގެ އެހީތެރިޔާ އޮލެކްސީ އެރެސްޓޮވިޗް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close