ޓެރަރިސްޓުންގެ ގޮތުގައި ހޫތީން އަލުން ލިސްޓު ކުރުމަށް ޔޫއޭއީގެ ޑިޕްލޮމޭޓުން އެމެރިކާއަށް ގޮވާލައިފި
ޓެރަރިސްޓުންގެ ގޮތުގައި ހޫތީން އަލުން ލިސްޓުކޮށް، އިތުރު ދިފާއީ ނިޒާމުތަކަށް ޑިމާންޑްކުރުމަށް ޔޫއޭއީގެ ޑިޕްލޮމޭޓުން އެމެރިކާއަށް ގޮވާލައިފިއެވެ.
ޔޫއޭއީއިން އެމެރިކާއަށް ގޮވާލާފައިވަނީ، ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ހަމަލާތަކާ ދެކޮޅަށް ދިފާއުވުމުގައި ދެމިތިބުމަށް މިސައިލް އަދި ޑްރޯންއާ ދެކޮޅު ގާބިލްކަން އެމެރިކާއިން ފޯރުކޮށްދިނުމަށެވެ.
ޔޫއޭއީއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫސުފް އަލް އޮތައިބާ އާއި ޔޫއޭއީއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ލާނާ ޒަކީ ނުސައިބީހް ޑަބްލިއުއެސްޖޭގެ އާޓިކަލްގައި ލިޔުއްވާފައި ވަނީ “މިސައިލް އަދި އެންޓި ޑްރޯން ހުއްޓުވުމުގެ ގާބިލްކަން ބޭނުންވާ ކަމުގައެވެ.
އެމެރިކާގެ ޕެޓްރިއޮޓް އެންޑް ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމްތަކުގެ ސަބަބުން ޖެނުއަރީ މަހު ދިން ހަމަލާތަކުގައި އިތުރު ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ ނުދީ ވަނީ ސަލާމަތްކުރެވިފައި.” އޭނާ ލިޔުއްވާފައިވެއެވެ.
“ޔޫއޭއީއިން އެމެރިކާއާއި އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، މި ޕްރޮޓެކްޓިވް އަމްބްރެއްލާ އިތުރަށް ފުޅާކޮށް، މި ސަރަހައްދުގެ ގައުމުތަކާއި ގަލްފުގެ އެހެން ގައުމުތަކަށް އެމެރިކާގެ އެސެޓްތައް އިތުރުކުރާނެ،” އެ ގައުމުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު ހޫތީން ޔޫއޭއީއަށް އަމާޒުކޮށް ކްރޫޒް އާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ބޯޑަރު ހުރަސްކޮށް ވައިގެ މަގުން ތިން ހަމަލާއެއް ގެ އިތުރުން ޑްރޯން ވެސް ވަނީ އަމާޒުކޮށްފަ އެވެ.
މި ހުރިހާ ހަމަލާތަކެއްވެސް މަދަނީ ސައިޓްތަކަށާއި އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ދިން އިރު، އާންމުންގެ ތިން މީހަކު ވަނީ މަރުވެފައެވެ.



