ބޭރުދުނިޔެ

ބިލިއަނަރު ރާކޭޝް ޖުންޖުވާލާ 62 އަހަރުގައި މަރުވެއްޖެ

މުމްބާއީ (އޮގަސްޓް 14) – އިންޑިއާގެ ވޮރެން ބަފެޓްގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ އެންމެ މަޝްހޫރު ސްޓޮކް އިންވެސްޓަރު ރާކޭޝް ޖުންޖުންވާލާ މިދިޔަ އާދީއްތަ ދުވަހު މަރުވެއްޖެއެވެ.

ގިނަދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މަރުވި ބިލިއަނަރުގެ އަސްލު ބައްޔަކީ ކޮބައިކަމެއް އާއިލާއަކުންވެސް އަދި ކަމާބެހޭ އެެހެން ފަރާތަކުންވެސް މީޑިއާއަށް އަދި ހާމައެއް ނުކުރެއެވެ.

ޖުންޖުންވާލާ މަރުވީ އުމުރުން 62 އަހަރުގައި އޭނާގެ ބަޖެޓް އެއާލައިން އަކާސާ އެއާ ލޯންޗުކުރިތާ ހަފްތާއެއް ފަހުންނެވެ.

އޭނާމަރުވިއިރު އަންބަކާާއި، ތިން ކުދިން ތިއްބެވެ.

“އަހަންނަށް އެނގޭހާވެސް އެއްޗަކީ ވިޔަފާރި ކުރުމާއި އިންވެސްޓް ކުރުން. ދިރިއުޅުމުގައި އިތުރު ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން،”އަހަރެން މަރުވާ ދުވަހު ކިޔާނީ ކުއިޓްސް.” މީގެ 10 އަހަރު ކުރިން ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ޖުންޖުންވާލާ ބުންޏެވެ.

ހޯމަ ދުވަހު ސީއެންބީސީ-ޓީވީ18 އަށް އޭނާ ވިދާޅުވީ އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގެ އިގްތިސާދު “ރަން ޒަމާނަކަށް ވަންނަމުންދާ” ކަމަށާއި “އަޅުގަނޑުގެ އެކުވެރި އިންޑިއާ މީހުން ވެސް އަޅުގަނޑު ފަދައިން އުންމީދީ” ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖުންޖުންވާލާ އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އާންމުންގެ ބޮޑު ސަޕޯޓަރެއް ކަމަށާއި ހުކުރު ދުވަހު އޭނާއަށް ތައުރީފު ކުރެއްވީ “އިންޑޮމިޓެބަލް، ފުލް އޮފް ލައިފް، ވިޓީ އެންޑް އިންސައިޓްފުލް” ގެ ގޮތުގަ އެވެ.

ޖުންޖުންވާލާގެ މުވާސަލާތީ ހުނަރުގެ ސަބަބުން ކުދި އިންވެސްޓަރުންނަށް ހިއްސާގެ ބާޒާރު ވިސްނޭނެ ކަމަށް 30 އަހަރަށް ވުރެ ގިނަ ދުވަހު އޭނާއާ މުއާމަލާތްކޮށްފައިވާ އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގައި ތިބި ވިޔަފާރިވެރިންނާއި ބޭންކަރުން ބުންޏެވެ. އިގްތިސާދާއި ކުންފުނިތަކާ ބެހޭ ގޮތުން އޭނާއަށް ލިބުނު ވިސްނުންތަކުގެ ސަބަބުން އޭނާ މަޝްހޫރު ފަރާތަކަށް ވެގެން ދިޔަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close