ބޭރުދުނިޔެ

އިންޑޮނޭޝިއާ ފުޓްބޯޅަ މެޗެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި 129 މީހުން މަރުވެއްޖެ

މާލަންގް  – ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 129 މީހުން މަރުވި އިރުމަތީ އިންޑޮނޭޝިއާގެ ޑޮމެސްޓިކް ފުޓްބޯޅަ މެޗެއްގައި ހިނގި އެ ހާދިސާއަކީ ފުޓްބޯޅަ ދަނޑެއްގައި ހިނގާފައިވާ އެންމެބޮޑު އެއް ހިތާމަވެރި ހާދިސާ އެވެ.

ކިހިނެއްވީ؟

އަރެމާ ފުޓްބޯޅަ ކްލަބް ޕަރސެބަޔާ ސުރަބަޔާ އަތުން 3-2 އިން ބަލިވުމުން، އެ ނަތީޖާ ވެގެންދިޔައީ ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި އެކްލަބްގެ އެންމެ ވާދަވެރިޔާ އަތުން ބަލިވި ފުރަތަމަ މެޗުކަމުގައެވެ. އަރެމާގެ ގެ އަމިއްލަ ދަނޑު ކަމަށްވާ ކަންޖޫރޫހާން ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެމެޗްބަލަށް ދަނޑަށް ވަނެވެ.

ލޯކަލް ނިއުސް ޗެނަލްތަކުން ނަގާފައިވާ ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި މަލަންގުގެ ދަނޑުގައި ދަނޑަށް އަރަން މީހުން ދުއްވައިގަތް މަންޒަރާއި މީހުންތައް ފިތި ބާރުވެގެން ވެއްޓިފައިވާ ތަސްވީރުތައް ފެނެއެވެ.

ސްޓޭމްޕެޑް ޖެހުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

މެޗް ނިމުމުން ބަލިވި ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައިގަތުމުން ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފައެވެ. އެކަމުގެ ސަބަބުން ދަނޑަށްއެރި ބައިގަނޑު ފިތިގެން މަރުވުމާއި، ނޭވާ ހާސްވެގެން މަރުވީކަމަށް ބެލެވެއެވެ.  

ކަރުނަ ގޭހުން ސަލާމަތްވުމަށް އެތައް ސަތޭކަ ބަޔަކު ދުވެފައި ގޮސް ނިކުންނަންހުރި ގޭޓަކަށް ދުއްވައިގަތެވެ.

އެއްބަޔަކު ނޭވާ ހާސްވެ އަނެއްބައި މީހުން ފިއްތާލުމުން ގާތްގަނޑަކަށް ވަގުތުން 34 މީހުން މަރުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަނޑުން ނުކުތުމަށް އެއް ގޭޓަކަށް ދުއްވައިގަތުމުން ގިނަ ބަޔަކު ފިތިބާރުވެ ނޭވާ ހާސްވެފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ ކީކޭ ހެއްޔެވެ؟

އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހުން ވަނީ ސަޕޯޓަރުން ސްޓޭންޑްތަކަށް އެނބުރި ދިއުމަށް ވިސްނައިދޭން މަސައްކަތްކޮށްފައެވެ. އަދި ފުލުހުންގެ ދެ އޮފިސަރަކު ހަމަނުޖެހުމުގެ ތެރޭގައި މަރުވުމުން ކަރުނަ ގޭސް ޖަހާފައިވެއެވެ.

“މިހާދިސާގައި 129 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން ދެ މީހުންނަކީ ފުލުހުންނެވެ. ދަނޑު ތެރޭގައި ތިރީސް ހަތަރު މީހުން މަރުވެފައިވާއިރު ބާކީ ތިބި މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ އީސްޓް ޖާވާގެ ފުލުހުންގެ ވެރިޔާ ނިކޯ އަފިންތާ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެ ހާދިސާއަށް މައާފަށް އެދި، ސްޓޭމްޕޭޑް ހިނގި ހާދިސާއާ ގުޅޭ ހާލަތްތައް ތަހުގީގު ކުރުމަށް ވައުދުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close