ޚަބަރު

ކެމިކަލް ހަތިޔާރު މަނާކުރާ ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފި


ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކުރަމުން އަންނަ މި ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00އާއި ހަމައަށެވެ.
ކެމިކަލް ހަތިޔާރު މަނާ ކުރުމަށް ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން އިންސާނުންނަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންދެނިވި ކެމިކަލް ހަތިޔާރު ކަނޑައަޅައި އެތަކެތި ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާރުމާއި ބޭނުންކުރުން މަނާކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށެވެ.
އަދި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ ޒިންމާތައް އަދާރުމާގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް މިގާނޫނުގެ މަޤުޞަދެކެވެ.
މި ބިލުގައިވަނީ ކެމިކަލް ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި ބަލައި ފާސްކުރެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެވިދާނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފައްދާ މީހާ އެ ކުރަނީ ކުށެކެވެ. އެފަދަ ކުށެއް ކުރި މީހަކަށް، ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10 އަހަރު ދުވަހާއި 20 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close