ޚަބަރު

އަބަދުވެސް މަސައްކަތްކުރަނީ ރައީސް ޞާލިޙާއެކު ގުޅިގެން – ރައީސް ނަޝީދު

މީގެކުރިންވެސް މަސައްކަތްކުރީ އަދި ދެންވެސް މަސައްކަތްކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މަޝްވަރާކުރައްވައިގެން ގުޅިގެންކަމަށް ކުރީގެރައިސް އަދި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ހުށައަޅާނެ ބޭފުޅެއްގެގޮތުގައި ރައީސް ނަޝީދުގެ ނަންފުޅު ފާސްކުރުމަށް ބޭއްވި އެމްޑީޕީގެ އިންތިޚާބީ ޕާލަމެންޓްރީ ގްރޫޕުގެ ޖަލްސާއަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އެކުވެރިކަމާއި، ރަހްމަތްތެރިކަމަށް ކުޑަކޮށްވެސް ބުރޫނާރާނެކަމަށެވެ. ދެބޭފުޅުން ދެންވެސް މަސައްކަތްކުރައްވާނީ ގުޅިގެން އެކުއެކީގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމުގައި އެމްޑީޕީން ތާޢީދުކުރާނެ ބޭފުޅަކު ކަނޑައެޅުމަށް މިރެއާހަމައަށް ކުރި މަސައްކަތުގައި ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވެ އެމް.ޑީ.ޕީގެ އެތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ވާހަކަދެކެވިފައިވާ ދަނޑިވަޅެއްގައެވެ. މަޖިލިސް ރައީސަކަށް ގެންނަން ރައީސް ޞާލިޙްގެ ރުހުން ވިލިފުށީ ދާއިރާގެ އިންތިޚާބީ ކެނޑިޑޭޓް ޙަސަން އަފީފަށް އޮތްކަން ހާމަކުރެއްވިއިރު، ރައީސް ނަޝީދުގެ ތާއީދު އޮތްކަން ހާމަކުރައްވާފައި އޮތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށެވެ.

ނަމަވެސް ފަހު ވަގުތު މަޖިލީހުގެ ރައީސްކަމަށް ގެންނަން އެމް.ޑީޕީގެ އިންތިޚާބީ ޕާލިމެންޓްރީ ގްރޫޕްުން ފާސްކޮސްފައިވަނީ މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ރައީސް ނަޝީދުގެ ނަންފުޅެވެ. ރައީސް ނަޝިދާއި ރައީސް ޞާލިޙަކީ ތުއްޕުޅު އިރުއްސުރެ ގާތް ދެއެކުވެރިންގެ ގޮތުގައި އުޅުއްވާ ދެބޭފުޅުންކަން އެދެބޭފުޅުންވެސް ފާހަގަކުރައްވާފައިވައެވެ.

ނިމިދިޔަ މަޖިލިސްއިންތިޚާބުގެ ދުވަސްވަރުވެސް އެދެބޭފުޅުންފެ މެދުގައި މައްސަލަތަކެއް އުޅޭކަމާއި، ޚިޔާލު ތަފާތުކަމަށް ބުނެ އަޑުތަކެއް ފެތުރުނެެވެ. ނަމަވެސް އެފަދަ މައްސަލައެއް ނޫޅޭކަމާއި މަޖިލިސް އިންތިޚާބު ކާމިޔާބުކުރީ ދެބޭފުޅުންވެސް ގުޅިގެންކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސަކަށް ނަޝީދުގެންނަށް މެންބަރުންގެ ހުށައެޅުުމާއި ގުޅިގެން ރައީސް ޞާލިޙާ، މަޝްވަރާކުރެއްވިންތޯ ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ ހުރިހާ ކަމެއްގައި އަބަދުވެސް ރައީސް ޞާލިޙާ އެމަނިކުފާނު މަޝްވަރާކުރައްވާކަމަށެެވެ. އަދި ކޮންމެ ދުވަހަކުވެސް ރައީސް ޞާލިޙާ މަޝްވަރާކުރައްވާކަމުގައި ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ހުށައަޅާނެ ބޭފުޅެއްގެ ނަން ފާސްކުރަން ނަގަން އުޅުނު ވޯޓާ ދިމާކޮށް އެމް.ޑީ.ޕީއަށް ނިސްބަތްވާ މަޖިލިސް ބައެއް މެންބަރުންނާއި، އާންމު މެންބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވެ، ބަހުގެ ހޫނު ހަމަލާއެއް ރައްދުކުރަމުންދިޔަނަމެސް މިވޯޓު ނަގަން ބޭއްވި ބައްދަލުވުމުގައި، ޙަސަން އަފީފާއި، އަސްލަމްގެ ހުށައެޅުމާއެއްގޮތަށް ރައީސް ނަޝީދުގެ ނަން ފާސްވެގެންދިއުމުން ޚިޔާލުތަފާތުވި މެންބަރުންގެ ކިބައިވެސް ފެނިގެން ދިޔައީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދިނުން ހުއްޓާލާއި، މަރުހަބާއާއި އުފާފާޅުކުރުމުގެ މަންޒަރެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ރައީސް ނަޝީދު މަޖިލިސް ރައީސަކަށް ގެންނަން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމެވުމާއެކު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close