ޚަބަރު

ގަމުން ގެއްލުނު އަންހެން މީހާ މިއަދު ހެނދުނު ފެނިއްޖެ


ލ.ގަން ތުނޑީ އަވަށުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާ މިއަދު ހެނދުނު ފެނިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން ގާތްގަނޑަކަށް 65 އަހަރުގެ ލ. ގަން ތުނޑީ އަވަށު ރަތްފުސްގެ ހަދީޖާ އަބްދުއްރަހްމާން އެވެ.

އޭނާ ގެއްލިގެން ހޯދަން ފެށީ އިއްޔެ ހަވީރު 17:45 ހާއިރުން ފެށިގެންނެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުން ހަދީޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 06:50 ހާއިރު އޭނާ ފެނިފައި ވާކަމަށެވެ.

ހަދީޖާ ފެނުނީ ފަޅުގެއެއް ކައިރީ އޮތްވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

“ހަދީޖާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު. އެހެންނަމަވެސް ފެނުނު އިރު އޮތީ ވަރަށް ވަރުބަލި ވެފަ. އެހެންވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން މިހާރު އަންނަނީ.” އޮފިޝަލް ވިދާޅުވި އެވެ.
ގަމުން ގެއްލުނު އަންހެން މީހާ ފެނިފައި ވާއިރު، ހުޅުމާލެއިން ރޭ ވަނީ ޒުވާނަކު ގެއްލިފަ އެވެ. އެ ޒުވާނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close