ޚަބަރު

ހުޅުމާލޭ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ގެއްލިގެން ހޯދަމުން ދަނިކޮށް، ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ރޭ އިރުއޮއްސުނު އެ މީހާ މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހުޅުމާލޭ ފަޅުތެރެއިންނެވެ. އަދި އޭނާ ފެނުނުއިރުވެސް އޮތީ ނިޔާވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެއާޕޯޓްގެ ރެސްކިޔު ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close