ޚަބަރު

އިންގުލެންޑުގައި މާސްކު އެޅުން ނިމުމަކަށް ގެނެސް ކޮވިޑާއެކު އުޅެން ނިންމައިފި

މާސްކް ނޭޅުމަކުން އިނގިރޭސި އެއްވެސް ރައްޔިތަކު ކުށްވެރި ނުވާނެކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ކޮވިޑާ ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ސަބަބުން އާންމު ތަންތަނުގައާއި، ސްކޫލްގައި މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. އަދި ބޮޑެތި އިވެންޓްތަކަށް ދާއިރު ވެކްސިން ޖެހިކަން އެނގޭ ލިއުން ދައްކާކަށްވެސް ނުޖެހެއެވެ. އަދި ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި މާސްކް އަޅާކަށް ނުޖެހެއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އިންގްލެންޑްގެ އެއްވެސް ހިސާބެއްގައި ގާނޫނީގޮތުން މާސްކްއަޅަން މަޖުބޫރެއް ނުވާނެއެވެ.

އިނގިރޭސިވިލާތުގެ ވެސް ގިނަމީހުން ބުނަނީ މާސްކްއެޅުމަކީ ކޮވިޑުން ސަލާމަތްކޮށްދިނުމުގައި އެހީތެރިކަން ލިބޭ ކަމެއްކަން އެއްވެސް ހޯދުމަކުން ޔަޤީންކުރެވިފައި ނެތްނަމަވެސް މާސްކްއެޅުމަކީ އަރިދަފުސްރޯގާ ޖެހުން ދުރުކޮށްދޭ ކަމެއްކަން ތަޖުރިބާޚުރެވިފައިވާކަމަށެވެ.  

ކޮރޯނާ ފެތުރިގެން އައިދުވަސްވަރު ދުނިޔޭގެ ގިނަ އަދަދެއްގެ ޤައުމުތަކުގެ ވެރިންނަށް ކޮރޯނާ ޖެހުނީ އެންމެ އަގުބޮޑު، އެންމެ ރައްކާތެރިކަންބޮޑު މާސްކް އަޅައިގެން ތިއްބާކަމާއި އަތް ނުދޮންނާތީ ނޫންކަމާއި އަދި ގައިދުރުކަން ނުބަހައްޓައިގެން ނޫންކަންވެސް ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close