ޚަބަރު

ނ.އަތޮޅުގައި އީއޯސީ އެއް އުފަށްދަން ހުށަހެޅި ޤަރާރު ބޭރުކޮށްލިކަމަށްބުނުމުން ކައުންސިލުން ބަޔާނެއް ނެރެފި

ނ.އަތޮޅުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމް ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ހިމަނައި ނ.އަތޮޅު ކައުންސިލަށް، އެކައުންސިލްގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ ވާސިފް އަޙްމަދު، ހުށަހެޅުއްވި ޤަރާރު ކައުންސިލުން ބޭރުކޮށްލި ކަމަށް ބުނެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާތީ އެކަން ދިފާއުކޮށް ނ.އަތޮޅު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ނ.އަތޮޅު ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނުގައި ވަނީ އެކައުންސިލްގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ ވާސިފް އަޙްމަދު، އެކައުންސިލްގެ 3 ވަނަ ދައުރުގެ 3 ވަނަ ކުއްލި ބައްދަލުވުމަށް ހުށަހެޅި ޤަރާރުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ކޮވިޑް19 އާއި ގުޅިގެން ނޫނު އަތޮޅު EOC އެއް ހެދުމަށާއި، މި EOC ގެ މެމްބަރުންނަކީ ޤަރާރާއިއެކު ވާ ލިސްޓްގައި ހިމެނޭ ފަރާތްތައް ކަމަށާއި، ރިޔާސަތު ބަލަހައްޓާނީ މެމްބަރުންގެ ވޯޓުން ހޮވޭ ފަރާތެއްކަމަށާއި، އެ ސެންޓަރުގެ ނިންމުންތަކަކީ އެ ކައުންސިލުގެ ނިންމުން ތަކެއް ކަމަށާއި، ނ.އަތޮޅު ރިލީފް ފަންޑު ގާއިމުކޮށް އަތޮޅު ފަންޑުން 2 މިލިޔަން ރުފިޔާ ކަނޑައަޅައި، އިތުރު އެހީ ހޯދުމުގެ ބާރު އެސެންޓަރަށް ދިނުމަށާއި، ކައުންސިލުގެ ވަޞީލަތްތަކާއި، ބެލެހެއްޓުމުގެ ދަށުގައިވާ ވަޞީލަތްތައް އެ ސެންޓަރަށް ދިނުމަށާއި، އަދި އެ ކައުންސިލުން ނިންމަންދެން އެ ސެންޓަރުގެ މަސައްކަތް ދެމިގެންދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިސްވެ ދެންނެވުނު ކަންކަމަކީ އެ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރުވެރިކަމާއި، ކައުންސިލުގެ އެންމެހާ ޒިންމާތައް އެހެން ފަރާތަކަށް އަނބުރާލުމަށް ހުށަހެޅިފައިވާ މަކަރުވެރި ޤަރާރެއް ކަމުގައި އެ ކައުންސިލުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހުށަހެޅުނު ޤަރާރުގައި ބަޔާންކުރެވިފައިވާ، އިސްވެ ދެންނެވުނު ކަންކަމަކީ، 2010/7 އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ނ.އަތޮޅުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލުގެ ބާރުތައް، ދިވެހި ދައުލަތުން ވަކިގޮތެއް ކަނޑަނާޅަނީސް، ޤަރާރުގައި ބަޔާންކޮށްފައިވާ EOC އަށް ދިނުމަކީ އެކައުންސިލަށް ކުރެވޭނެ ކަމެއް ކަމުގައި ނުދެކޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި 2010/7 އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންނަށް މަތިކޮށްފައިވާ ޒިންމާތައް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައި އިންތިޚާބީ ކައުންސިލަރުންނަށް ޒިންމާއިން ރެކިގެން ތިބެވިދާނެ ކަމަކަށްވެސް އެ ކައުންސިލަކުން ނުދެކޭކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ހުށަހެޅި ޤަރާރުގައި EOC ގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް ފޮނުވާފައިވާ ލިސްޓުގައިވާ 38 ފަރާތުގެ ތެރެއިން ގިނަ ފަރާތްތަކަކީ ޤާނޫނީ ގޮތުން އެ ފަދަ ޒިންމާއެއް ހަވާލުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކެއް ކަމަށް ދެކޭކަމަށް ވެސް ނ.އަތޮޅު ކައުންސިލުން ނެރުނު ނޫސްބަޔާނުގައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކައުންސިލުގެ 3 ވަނަ ދައުރުގެ 3 ވަނަ ކުއްލި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އުފައްދާފައިވާ ނ.އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުގެ މަސައްކަތްތަކަށާއި، ނ.އަތޮޅުގެ ރަށްރަށުގެ އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކަށް އެހީތެރިވުމަށް 2000000.00 ރުފިޔާ ހަރަދު ކުރުމަށް ފާސްކުރެވިފައި ވާނެކަމަށެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން ނ. އަތޮޅުގައި ވެސް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ ގާއިމުކުރެވި، ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މިހާރުވެސް ފޯރުކޮށްދެމުންދާ ކަމަށާއި، އެގޮތުން އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ މާސްކާއި، އަންގި އަދި PPE މިވަގުތައް ބޭނުންވާ ވަރަށް، ނ އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދީފައި ވާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި އެފަދަ ތަކެތި ބޭނުންކުރެވެމުންދާވަރަކުން އިތުރަށް ބޭނުންވާ ތަކެތިވެސް ދަނީ ފޯރުކޮށްދެމުންކަމަށާއި، ރަށްރަށުގެ ކާޑާއި ގޭސް އަދި އާއްމުކޮށް ބޭނުންވާ ބޭހުގެ ސްޓޮކު، ކައުންސިލުތަކުން ބޭނުންކުރާ ‘ވުނަ’ މޮޑިއުލް މެދުވެރިކޮށް ބަލާ، ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަން ޔަޤީންކުރަމުން ގެންދާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ކޮވިޑް19 އަށް ހާއްޞަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ނ.އިރުފުށި އައިލެންޑް ރިސޯޓް ހަމަޖައްސައި، ނ.އަތޮޅު ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ދަނީ ޚިދުމަތް ދެމުންންކަމަށާއި، މިކަންކަމަކީ ޤަރާރު ހުށަހެޅުއްވި މެމްބަރަށް އެހާ ސާފުނުވާ ކަމަކަށް ވެދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ސަބަބަކީ ވާސިފް އަޙްމަދަކީ ކައުންސިލްގެ ދައުރުގެ ތެރޭން ގިނަ ދުވަސްތަކުގައި އޮފީހަށް ހާޒިރުވެވަޑައިގެންފައިވާ ކައުންސިލަރަކަށްނުވެފައި، ކައުންސިލްގެ ޒިންމާއިން ރެކިވަޑައިގެން ދުރުގައި ހުންނަވާ ބޭފުޅަކަށް ވާތީކަމަށްވެސް ބުނެފައިވެއެވެ.

ނ.އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗްއާރ އެންޑް އިންފޮމޭޝަން ޔުނިޓް އިން ނެރުނު ބަޔާން ނިންމާލައްވަމުން، ރާއްޖޭގެ އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން ނ.އަތޮޅުގެ ރައްޔިތުންނަށްވެސް ކޮވިޑް19 އާއިގުޅިގެން ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ލިބޭނެކަން އެ ކައުންސިލުން ކަށަވަރު ކުރަމުން ގެންދާނެ ވާހަކަ ނ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދީފައިވެއެވެ.

[embeddoc url=”https://naares.com/wp-content/uploads/2020/05/final-bayaan.pdf” download=”none”]

އެއް ކޮމެންޓް

  1. wasif thee thiya councilugaa angafulhaa kureven furisathu onnameeheh noon. Maabodah mathyga ulhenee bunelanothy wasif haaziryin otheee Emme fahathugaey fithuna noofahdhaa madun hurey kaley!!

  2. Mikamakee N.Lhohi Basheer anburaa gas gamdeh. Vaagothakee account ga huri rufiyaa huss vejje Dhenothy rayyithumge faisaaga jehun Ekan kaamiyaabu nuvyma Mihaaru kiyaane falholey!! Pakaaaaaaas hama hini annany.

  3. މަހީކުރީ ބޮޑު ތުނބުޅިލާފަ ހުރީމަ ވަރަށްރަނގަޅު މީހެކޭ މިވާސިފުމީ ތީ ހުރިގޮތައްހުރި ފިތުނައެއް

    1. ތިޔައީ ޅޮހީ ބަސީރުއާ ކުޑަފަރީ ސަންބޯއާ ވާސިފްއާ މަނަދޫ މާޖިދު ގުޅިގެން ހިންގަން އުޅުނު ބޮޑު ޖަރީމާއެއް.. އިންތިހާބް ވަންދެންވެސް ކެތްނުލެވި ވައްކަން ކުރާހިތުން… މިމީސް މީހުން އިންތިހާބު ވެއްޖެޔާ ކޮބާ އަދި ސަލާމަތެއް

  4. Vasif kaleythee jareemaa hingaa meehe council ga ves jareemaa aailaathakahves vannany vasif ladhuganebala meehunge anbinnah video call kuraa siku councillor Isthiufaa dhee kaley kale aa manadhoo maajidhu faleehai vaakah neh maaginadhuvaheh Varah salaan

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close