ޚަބަރު

އަޝްފާޤު މިހާރު ނެގެޓިވް ، މާދަމާ ޓީމާގުޅޭނެ

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވުމުން ޤައުމީ ޓީމްގެ މެޗްތަކުގައި ކުޅުމުގެ ފުރުޞަތު ގެއްލި ޓީމާ އެކަހެރިވެފައި ހުރުމަށްފަހު ބަލިން ރަނގަޅުވެ ޓީމާގުޅޭނެކަން އޭނާ ހާމަކޮށްފިއެވެ.

އަޝްފާޤުކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ވޯލްޑްކަޕް/އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް ކުޅުމަށްޓަކައި އެ ޤައުމަށް ފުރުމުގެ ކުރިން ހުސްވިމަހުގެ 29 ގައި ދުބާއީގައި ހެދި ޕީސީއާރް އަދި ލޭގެ ޓެސްޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ނަމަވެސް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، މާދަމާ ޓީމާ ގުޅޭނެކަމަށް އަޝްފާޤު މިއަދު ވަނީ ވިދާޅުވެފައެވެ.

ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޢަލީ ޝާމިސް(ތޮއްޕެ) ވެސް ހުސްވިމަހުގެ 29 ގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އޭނާ ރަނގަޅުވިކަމެއް އަދި ސާފެއް ނުވެއެވެ.

ވޯލްޑްކަޕް/އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމު މިރޭ ސީރިއާގެ ޤައުމީ ޓީމާއި މިރޭ ބައްދަލުކުރާނެއެވެ. ޔޫއޭއީގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close